އިލެކްޝަންސް ކޮމިޝަނު (އީސީ)ގެ ރައީސްގެ މަގާމަށް މެންބަރު މުހައްމަދު ޝަކީކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އޭނަ އެ މަގާމަށް އައްޔަން ކުރަން ރުހުން ދިނުމަށް މަޖިލީހުގައި ނެގި ވޯޓުގައި 51 މެންބަރުން ވޯޓު ދެއްވި އެވެ. ޝަކީލާ ދެކޮޅަށް ވޯޓު ދެއްވީ 8 މެންބަރެކެވެ.
އީސީގެ މެންބަރުކަމަށް އޭނަ އައްޔަންކުރީ މި މަހުގެ 24، ގަ އެވެ.
ކުރިން ވެސް އީސީގެ މެންބަރުކަން ކުރެއްވި ޝަކީލު އެންމެ ފަހުން ހުންނެވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އެވެ. އަދި އޭނަ އަކީ ކުރިން ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ރަޖިސްޓްރާ އެވެ.
އީސީގެ މެންބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މަހުގެ 1 ގައި އިސްތިއުފާ ދެއްވުމުންނެވެ.