Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

ހިމަބިހީގެ ކޭސްތައް 66 އަށް

މިދިޔަ ހަފުތާގައި ރިޕޯޓްކުރި ހިމަބިހީގެ 44 ކޭހާ އެކު އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު 66 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން ބުނެފި އެވެ.

މިދިޔަ ހަފުތާގައި 44 ކޭސް ރެކޯޑްކުރި ނަމަވެސް، މި ވަގުތު އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 13 އެވެ.

ހިމަބިހި ޖެހުނު މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ، 15-39 އަހަރާ ދެމެދުގެ މީހުންނެވެ. ޕޮޒިޓިވްވި މީހުންގެ އެކްޓިވް ކޮންޓެކްޓުގެ ޢަދަދު 258 އަށް އަރައެވެ.

ހިމަބިހީގެ ކޭސްތައް ގުޅިގެން މިހާތަނަށް 569 މީހަކު އެ ބައްޔަށް ޓެސްޓްކޮށްފައިވެ އެވެ. އެޗްޕީއޭ އިން ބުނީ ކޭސްތަކުގެ ޢަދަދު މިދިޔަ ހަފުތާގައި އުފުލުނީ، މިދިޔަ ހަފުތާގައި ޓެސްޓުކުރި ނިސްބަތް އިތުރުވުމާ ގުޅިގެން ކަމަށެވެ.

މިހާރު ރަށަކުން ވެސް ޓެސްޓް ސާމްޕަލް ނެގޭނެ އެވެ.

ހިމަބިހީގެ ކޭސްތައް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރު މުޅި ރާއްޖޭގައި ވަނީ އެމްއާރް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ.

މި ބައްޔަކީ ރާއްޖެ އިން ނައްތާލެވިފައިވާ ކަމަށް 2017 ގައި ކަނޑައަޅާފައިވާ ބައްޔެކެވެ.