އަންނަ މަހު ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަށް ޒިޔާރަތްކޮށްގެން ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށް ދީފި އެވެ.
އެކްސްޕޯ އޮންނާނީ އަންނަ މަހުގެ 2-4 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކްގަ އެވެ. މި އެކްސްޕޯގެ އެންމެ ބޮޑު އިނާމަކީ 25،000ރ. އެވެ.
އެކްސްޕޯ އަށް ކަނޑައަޅާފައިވާ އިނާމްުތައް:
* އެކްސްޕޯ އޮންނަ ކޮންމެ ދުވަހަކު 5 އައިޕެޑް
* ކޮންމެ ދުވަހަކު 5000ރ. ގެ ހަނދާނީ ނޫޓުގެ 7 ނޫޓު
* 2 މެކްބުކް ނިއޯ
* 2 އެޕަލް އިއާޕޮޑް
* ހޯރަފުށީ އަރައިކު ބީޗް ވިލެޖްގައި 2 މީހަކަށް 3 ރޭގެ ފުލްބޯޑު ޕެކޭޖް
* 5،000ރ. ގެ 3 ގިފްޓް ކާޑު
* 1000ރ. ގެ 12 ގިފްޓް ކާޑު
* 500ރ. ގެ 36 ގިފްޓް ކާޑު
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަކީ ރާއްޖޭގައި ބާއްވާ މާލީ ދާއިރާގެ އެންމެ ބޮޑު އެކްސްޕޯ އެވެ. މީގައި ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން މާލީ އެކި ހިދުމަތްތައް ދޭ މުއައްސަސާތަކުގެ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ލިބިގެން ދާނެ އެވެ.
އެމްއެމްއޭއިން ބުނީ މި އެކްސްޕޯ އަށް ޒިޔާރަތްކޮށްގެން މާލީ ގިނަ މައުލޫމާތުތަކެއް ލިބުމާއެކު އަގުހުރި އިނާމްތައް ލިބުމުގެ ފުރުސަތު ލިބޭނެތީ ވީހާ ވެސް ގިނަ ބަޔަކު ޒިޔާރަތްކުރަން އެދޭ ކަމަށެވެ.