Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

ޑޮލަރުގެ އަގު ދަށް ނުވަނީ ދަރަނި އެކުލަވާލަން ޕްރޮގްރާމެއް ނެތުމުން

ޑޮލަރުގެ އަގު ދަށްނުވަނީ ދަރަނި އަލުން އެކުލަވާލަން ޕްރޮގްރާމެއް ނެތުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ޑޮލަރުގެ އަގު ދަށް ނުވަނީ ދަރަނި އަލުން އެކުލަވާލުމުގެ ރަނގަޅު ޕްރޮގްރާމެއް ނެތުމާއި އޭގެ މައްޗަށް ޑޮލަރު ހަރަދު ކުރާ މިންވަރު ދަށް ނުވާތީ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވި އިރު ބޭންކަށް މާރުކުރާ ޑޮލަރު އިތުރުކުރުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "އިންވެސްޓްމަންޓްސް" ގެ ނަމުގައި ހިދުމަތެއް މިއަދު ވަނީ ތައާރަފްކޮށްފަ އެވެ. މިއީ ދިވެހި ރުފިޔާއިން ބޮޑު ފައިދާއެއް ލިބޭ ގޮތަށް ބޭންކަށް ޑޮލަރު މާރުކުރަން ހުޅުވައިލި ފުރުސަތެކެވެ.

ގައުމީ ބޭންކުން މި އިންވެސްޓްމަންޓު ހިދުމަތް އޮންނަ ގޮތުން އިންވެސްޓުކުރަން ބޭނުންވާ މީހަކު ޑޮލަރު އިންވެސްޓުކުރުމުން އެމްއެމްއޭގެ ރަސްމީ ރޭޓު ކަމަށްވާ 15.42ރ. ގައި ދިވެހި ރުފިޔާ ލިބެ އެވެ. އަދު މި ފައިސާ ބީއެމްއެލުން ބޭނުންކުރަނީ ކާޑު ޓްރާންސެކްޝަންތައް ފީ ލިބޭ މުއާލަމާތްތައް ފުރިހަމަކުރުމަށެވެ.

އެ މުއާމަލާތްތައް ފުރިހަމަ ކުރުމަށް ފަހު 25 ޕަސެންޓު، އިންވެސްޓަރުންނަށް ރުފިޔާއިން ބީއެމްއެލުން ޖަމާކޮށް ދޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވި ގޮތުގައި މިއީ ބީއެމްއެލްއަށާއި އިންވެސްޓަރުންނަނާއީ އަދި އާންމުންނަށް ވެސް ފައިދާ ވާނެ ހިދުމަތެެކެވެ. އޭނަ ވިދާޅުވީ މީގެ ސަބަބުން ބޭންކަށް ކާޑުގެ މުއާމަލާތްތައް ހުއްޓުމަަކަށް ނުގެނެސް އަދި ބަޖެޓު ނުކޮށް އިތުރަށް މި މުއާމަލާތްތައް ކުރިއަށް ގެންދެވޭނެ ވަސީލަތަކަށް ވާނެ ކަމަށް ގަބޫލުކު ކުރައްވާ ކަމަށެވެ.

ބީއެމްއެލުން އިންވެސްޓުކުރާ ޑޮލަރުތަކަށް ދިވެހި ރުފިޔާއިން އަގު ދިނުމުން ފައިދާގެ ގޮތުގައި ލިބޭ 25 ޕަސެެންޓަށް ޖެހޭ އަގަކީ ޑޮލަރަކަށް 19.30ރ. އެވެ.