ފީފާ ވޯލްޑް ކަޕުން ކެޓުމުން ނެދަލޭންޑްސްގެ ކޯޗުގެ މަގާމުން ރޮނަލްޑް ކޫމަން އިސްތިއުފާ ދީފި އެވެ.
ވޯލްޑް ކަޕްގެ ނޮކައުޓް ފުރަތަމަ ބުރުން ނެދަލޭންޑްސް ކެޓީ ޕެނަލްޓީގައި މޮރޮކޯ އަތުން ބަލިވުމުންނެވެ.
ކޫމަން ،63، އިން ބުނީ މަގާމުން އިސްތިއުފާ ދިނުމަށް ނިންމާފައިވާ ކަމަށާއި ދެ ފަހަރެއްގެ މަތިން ނެދަލޭންޑްސްގެ ގައުމީ ޓީމަށް ކޯޗުކަން ކޮށްދޭން ފުރުސަތު ލިބުމުން އެކަމާ ފަހުރުވެރިވާ ކަމަށެވެ. މިފަހަރުގެ ވޯލްޑް ކަޕް ނެދަލޭންޑްސް އަށް ނިމުނު ގޮތާއި މެދު ވަރަށް ހިތާމަކުރާ ކަމަށާއި ނެދަލޭންޑްސްގެ ގައުމީ ޓީމުން ވަކިވާން ބޭނުންވީ ވޯލްޑް ކަޕާއެކު ކަމަށްވީ ނަމަވެސް އެ ހުވަފެން ހަގީގަތަކަށް ނުވި ކަމަަށް ކޫމަން ބުންޏެވެ.
އެކަމުގެ ޒިންމާ ޓީމުގެ ކޯޗެއްގެ ހައިސިއްޔަތުން ފުރިހަމައަށް ނަގާ ކަމަށާއި ފާއިތުވި އަހަރުތަކުގައި ޓީމަށް ކުރި އިތުބާރާއި ދިން ސަޕޯޓަށް ކޫމަން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ބާސެލޯނާ އަށް ވެސް މީގެކުރިން ކޯޗުކަން ކޮށްދިން ކޫމަންގެ އިރުޝާދުގެ ދަށުން ކުޅެ ނެދަލޭންޑްސް އިން ވަނީ 2019 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ރަނަރަޕްކަން އަދި 2024 ގެ ޔޫރޯގެ ސެމީފައިނަލަށް ދަތުރުކޮށްފަ އެވެ.