Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ވޯލްޑް ކަޕް ގެނެސްދިނުމުގައި ސަމާލުވާން އެދިއްޖެ

މިހާރު ކުރިއަށްދާ މި އަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ބްރޯޑްކާސްޓްކުރުމާއި ޚަބަރު ފެތުރުމުގައި އަހުލާގީ އަދި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން އިލްތިމާސްކޮށްފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބްރޯޑްކާސްޓަރުންނާއި، ރީބްރޯޑްކާސްޓަރުންގެ އިތުރުން ނޫސްތަކާއި މީޑިއާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ވެސް އިސްލާމް ދީނުގެ އަސާސްތަކާއި، ރާއްޖޭގެ ޤާނޫނުތަކަށް ފުރިހަމައަށް ބޯލަނބަން ޖެހޭނެ ކަމަށެވެ. އަދި ނޫސްވެރިންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ޒިންމާދާރުކަމާ އެކު ޚަބަރާއި މަޢުލޫމާތު ފެތުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ކޮމިޝަނުން ބުންޏެވެ

ޚާއްސަކޮށް، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު ކަމަށްވާ ވޯލްޑް ކަޕްގެ މެޗުތައް ދުރަށް ފޮނުވަމުން އަންނަ އއިރު، އިސްލާމީ އަޚްލާޤީ މިންގަނޑާ ޚިލާފު އަޑުތަކާއި މަންޒަރުތަކަށް ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުން ވަރަށް ބޮޑަށް ސަމާލުވުމަށް ވަނީ އެދިފައިވެ އެވެ.

ކޮމިޝަނުން ބުނީ މުބާރާތާ ގުޅޭ ޚަބަރުތައް ގެނެސްދޭއިރު ދީނީ އަދި އިޖުތިމާޢީ މިންގަނޑުތައް ހިފެހެއްޓުމަށް ހުރިހާ މީޑިއާތަކަށް ވެސް ބާރުއަޅާ ކަމަށެވެ.

މިދިޔަ މަހުގެ 11 ގައި ފެށި ވޯލްޑް ކަޕް މި މަހުގެ 19 އާ ހަމައަށް ކުރިއަށް ދާނެ އެވެ. މުބާރާތުގެ މެޗްތައް ކުޅެނީ އެމެރިކާ ، ކެނެޑާ އަދި މެކްސިކޯގަ އެވެ.