Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ހެލްތު މިނިސްޓްރީ އަށް 36 ތެރަޕިސްޓުން ހޯދަނީ

ހެލްތު މިނިސްޓްރީ އަށް ގިނަ އަދަދެއްގެ ތެރަޕިސްޓުން ހޯދަން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ޖުމްލަ 36 ތެރަޕިސްޓުން ބޭނުންވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 10 އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި 10 ސައިކޯތެރަޕިސްޓުންނާއި 10 ބީހެވިއޮރިލް ތެރަޕިސްޓުންގެ އިތުރުން 6 ސްޕީޗްތެރަޕިސްޓުންނެވެ.

މި މަގާމުތަކުގެ ޝަރުތަކަށް ބަލާ އިރު، ސްޕީޗްތެރަޕިސްޓުންގެ ޝަރުތަކީ އެ ދާއިރާ އިން ޑިގްރީއެއް އޮތުމާއި ދެ އަހަރު ތަޖުރިބާ އެވެ. ބީހެވިއަރިލް ތެރަޕިސްޓުންގެ ޝަރުތަކީ އެ ދާއިރާ އިން މާސްޓާސް ޑިގްރީއެއް އޮތުމެވެ. ސައިކޯތެރަޕިސްޓުންގެ ޝަރުތަކީ މާސްޓާ ޑިގްރީއެއް އޮތުމާ އެކު 7 އަހަރުގެ ތަޖުރިބާ އެވެ. އަދި އޮކިއުޕޭޝަނަލް ތެރަޕިސްޓުންގެ ޝަރުތަކީ ޑިގްރީއެއް އޮތުމާއި ދެ އަހަރުގެ ތަޖުރިބާ ލިބިފައިވުމެވެ.

މި ހުރިހާ ދާއިރާއަކަށް ވެސް ހޯދަނީ އުމުރުން 40 އަހަރުން ދަށުގެ މީހުންނެވެ.

މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 30 އާ ހަމައަށެވެ.