Last Updated: July 10, 21:44
Friday, July 10, 2026
ޚަބަރު

އީކޯ-ޓޫރިޒަމް މިންގަނޑާ ގުޅޭ ވެބިނާއަކަށް ހުޅުވާލައިފި

"މޯލްޑިވްސް ނެޝަނަލް އީކޯޓޫރިޒަމް ސްޓޭންޑަޑްސް އެންޑް ސެޓިފިކޭޝަން ފްރޭމްވޯކް" ވެބިނާގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން، މައުލޫމާތު ދިނުމަށް ބާއްވާ ހާއްސަ ވެބިނެއެކެވެ. އި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ވެބިނާ އޮންނާނީ މި މަހުގެ 6 ވަނަ ދުވަހުގެ މެންދުރު 12:00 ގަ އެވެ.

ވެބިނާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި އަލަށް ތައާރަފު ކުރެވޭ އީކޯޓޫރިޒަމް މިންގަނޑުތަކާއި، ސެޓިފިކެޓް ދިނުމަށް ކަނޑައެޅިފައިވާ އޮނިގަނޑާ ބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ދިނުމެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި، ތިމާވެއްޓާ ރައްޓެހި އުސޫލުތައް ދާއިރާގައި އަށަގެންނެވުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.

ވެބިނާގައި ބައިބެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ.