އައްޑޫ ހިތަދޫ ހިތަދޫ ޝަރަފުއްދީން ސްކޫލް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމަށް ހައްލެއް ހޯދުމުގެ ގޮތުން، ރަސްގެދަރި މަގު ފުޅާކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ސިޓީ ކައުންސިލުށް ފަށާފައިވާ މަސައްކަތްތަކުގެ ދަށުން ސްކޫލްގެ އިންފާރު އެތެރެއަށް ޖައްސައި މަގު ފުޅާ ކުރަން ވަނީ ނިންމައިފަ އެވެ. ކައުންސިލުން ބުނީ ޕަބްލިކް ވޯކްސްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި މަސައްކަތް ނިމުމުން އެ ސަރަހައްދުގައި ގާ އެތުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.
ރަސްގެދަރި މަގަކީ ކުރިން މިހާރު ވެސް ގާ އަތުރައިގެން ހަދާފައި އޮތް މަގެކެވެ.
ޝަރަފުއްދީ ސްކޫލަކީ އައްޑޫގެ އެންމެ ބޮޑު އެއް ސްކޫލެވެ. އެތަނަކީ ކީ ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް އަންނަ ސްލޫކެވެ. މިއީ ސްކޫލަކީ ކުރިން އެތަނާ އިިންވެގެން ހުރި ސ. އަތޮޅު ތައުލީމީ މަރުކަރު އުވައިލި ފަހުން އެ ސްކޫލް ހިންގި އިމާރާތާ އެއްކޮށް ހިންގަމުން އަންނަ ސްކޫކެވެ.
ޝަރަފުއްދީން ސްކޫލަކީ އެންމެ ފުރަތަމަ ސަދަން ސެކަންޑްރީގެ ނަމުގައި ހިންގި ސްކޫލެވެ. އޭގެ ފަހުން އެތަން މުހިއްބުއްދީން ސްކޫލްގެ ނަމުގައި ވެސް ހިންގި އެވެ.