Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ޑްރަގް އެތެރެކުރި އިިންޑިއާ ބަޔަކު ހައްޔަރުކޮށްފި

ވައިގެ މަހުން ރާއްޖެ އަށް ކިލޯއެެއްގެ މަސްތުވާތަކެތި ގެނައި މީހަކާއި އެއާ ހަވާލުވަން ދިޔަ ބަޔަކު ހައްޔަރުކޮށްފި އެވެ.

އެ މީހުން ހައްޔަރުކޮށް ކޯޓުން ބަންދު އިތުރުކޮށް ކުރިމިނަލް ކޯޓުން ނެރުނު އަމުރުތަކުގައި ބުނެފައިވާ ގޮތުގައި އެތަކެތި ގެނެސްފައިވަނީ ރާއްޖެ އައި އިރު ލަގެޖުގައި ފޮރުވައިގެންނެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ބައެކެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ތަކެތި އެތެރެކުރި އަމިތު ކުމާރު، 36، ގެ އިތުރުން ހަވާލުވާން ދިން މީހުންގެ ތެރޭގައި ހިމެނޭ އާކަޝް ޔާދަވް، 36، އާއި އަނިލް ކުމާރު، 26، އަދި ހަވާލުވާން ދިޔަ
ރާހުލް މިޝާދް، 23، އެވެ.

ކޯޓު އަމުުރުތަކުގައިވާ ގޮތުން އެމީހުންނަށް ތަރުޖަމާނަކު ހަަމަޖެހިފައި ނުވާތީ، އެ މީހުންގެ ބަންދަށް ޖަހާފައި ވަނީ ދެ ދުވަހެވެ. އަދި އެ އެންމެންވެސް ހައްޔަރުކޮށްފައި ވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކޯޓުން ބުނެފައިވެ އެވެ.

ފަހަކަށް އައިސް އިންޑިއާއިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.