Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ސިނގިރެޓްގެ އަގުހެޔޮ ކުރަން ފާސްކޮށްފި

ސިނގިރޭޓާއި ދުންފަތުގެ ބައެއް ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، ރައްޔިތުންގެ މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސިނގިރޭޓާއި ދުންފަތުގެ ބައެއް ބާވަތްތަކުން ނަގާ ޑިޔުޓީ ކުޑަކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެރި 68 މެންބަރުންގެ އިންތިފާޤުންނެވެ. އެއާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވަ އެވެ.

އެ އިސްލާޙް މަޖިލީހަށް ހުށަހެޅުއްވީ، ކޮމަންޑޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުޙައްމަދު އިބްރާހީމެވެ.

އެގޮތުން ބިލުގައި ވަނީ މިހާރު 8ރ. އަށް ހުރި ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 4ރ. ރުފިޔާ އަށް ކުޑަކުރުމަށް ހުށަހަޅައިފަ އެވެ. އަދި އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ 50 ޕަސެންޠް، 30 ޕަސެންޓަށް ދަށްކޮށް، ހީޓް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީވެސް މި މިންގަނޑުން ކުޑަކުރުމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން، ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުވުމަށް ޓަކައި އާންމުން ބޭނުންކުރާ ސިއްހީ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތި ބާޒާރުން ފަސޭހައިން ލިބޭނެ ގޮތް ހަދައި، އެފަދަ ހުރިހާ ބާވަތްތަކަކުން ނަގާ އިމްޕޯޓް ޑިއުޓީ މައާފުކޮށް، ސިއްހީ ގޮތުން ފައިދާހުރި މިފަދަ އުފެއްދުންތަކަށް އާންމުންނަށް ކުރަންޖެހޭ ހޭދަ ކުޑަކޮށް ދިނުމަށް ވެސް އިސްލާޙްގައިވެ އެވެ.

މި އިސްލާޙާމެދު ބަހުސް ކުރުމަށް ފަހު މިދިޔަ ދުވަހު އޮތް މުޅި މަޖިލީހުގެ ކޮމިޓީގައި ބައިވެރިވި ވަޑައިގެންނެވި 69 މެންބަރުންގެ ތާއީދާއެކު ކޮމިޓީން ވެސް ބިލު ފާސްކޮށްފައިވެ އެވެ.