Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

އެންސްޕާގެ ކޯލް ސެންޓަރު އައްޑޫ އޮފީހުގައި

ދާދި ފަހުން އައްޑޫ ހިތަދޫގައި ހުޅުވި އެންސްޕާގެ އޮފީހުގައި އެ އެޖެންސީގެ ކޯލް ސެންޓަރު ގާއިމުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއަދުން ފެށިގެން އެ ކޯލް ސެންޓަރުގެ ޚިދުމަތުގެ ގަޑިތައް އިތުރުކޮށްފައިވާ ކަމަށެވެ.


ރަސްމީ ދުވަސްތަކުގައި ރަސްމީ ގަޑިތަކުގައި ޚިދުމަތް ދެމުން އައި ނަމަވެސް މިއަދުން ފެށިގެން ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހަކު ވެސް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

އެގޮތުން އެދުވަސްތަކުގައި ހެނދުނު 8:00 އިން ރޭގަނޑު 10:00 އާ ހަމައަށް ޚިދުމަތް ލިބޭނެ އެވެ.

މިނިސްޓްރީން ބުނީ މި ބަދަލާ ގުޅިގެން އެންސްޕާގެ ޚިދުމަތްތައް ހޯދާ ރައްޔިތުންނަށް ވީހާ ވެސް ފަސޭހަކަމާ އެކު ޚިދުމަތްތަކުގެ މަޢުލޫމާތާއި، އެހީތަކުގެ އަދާހަމަ ހޯދުމަށް މަގުފަހިވެގެން ދާނެ ކަމެކެވެ.

އެންސްޕާއިން ދެމުންދާ މާލީ އެހީތެރިކަމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތްތަކާ ގުޅޭ މައުލޫމާތު އެންސްޕާގެ ހޮޓްލައިން ނަންބަރު '1402' އަށް ގުޅައިގެން ސާފުކުރެވޭނެ އެވެ.