އެސްޓީއޯ އިން ހިންގަމުން އައި ހުރިހާ ފާމަސީތައް ސްޓޭޓް ފާމާ އަށް ރަސްމީކޮށް ބަދަލުކޮށް، ހިދުމަތް ދޭން ފަށައިފި އެވެ.
މި ބަދަލު ގެނައުމަށްޓަކައި އެސްޓީއޯގެ ބޭސް ފިހާރަތައް މިދިޔަ ބުދަ ދުވަހުން ފެށިގެން ތިން ދުވަހަށް ބަންދުކުރި އެވެ. ސްޓޭޓް ފާމާ އިން ބުނީ އެ ކުންފުނީގެ ދަށަށް ފާމަސީތައް ބަދަލުކޮށް މިއަދުން ފެށިގެން ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިން ހިންގަމުން އައި އެސްޓީއޯގެ ފާމަސީތައް ދެން ހިންގަމުން ދާނީ ސަރުކާރުގެ ބޭސް ކުންފުނީގެ ދަށުންނެވެ.
މި ބަދަލު މައިގަނޑު މަގުސަދަކީ މުޅި ރާއްޖޭގައި ފަސޭހަކަމާ އެކު ބޭހުގެ ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ.
ސްޓޭޓް ފާމާގެ ހޮޓްލައިނަކީ 1050 އެވެ.