Last Updated: July 1, 23:10
Wednesday, July 1, 2026
ކުޅިވަރު

ބާގާއެއްގެ ބަދަލުގައި ރެސްޓޯރެންޓެއް!

ބަނޑުހައިވެގެން ހާންތިވެފައިވާ ކުއްޖަކު 1990 ވަނަ އަހަރުގެ ކުރީކޮޅު، މެކްޑޮނަލްޑް ރެސްޓޯރެންޓެއްގެ "ޑްރައިވު ތުރޫ" އަކަށްގޮސް، އެތާ ހުރި އަންހެންކުއްޖެއްގެ ގާތު ބުންޏެވެ. "އަހުރެން މިހުރީ ވަރަށް ބޮޑަށް ބަނޑުހައި ވެފައެވެ. ތިބާގެ އަތުގައި ކާނެ އެއްޗެއް އެބަހުރި ހެއްޔެވެ؟" އެވަގުތު އަންހެންކުއްޖާ، އޭނާއަށް ބަލާލުމަށްފަހު، އޭނާއާ މެދު ޙަމްދަރުދީވެ، އެތަނުން ބާރގާރއެއް އެކުއްޖާއަށް ދިއްކޮލިއެވެ.

އެ ދުވަހު، އެ އަންހެން ކުއްޖާ ދިއްކޮއްލި "ބާގާއެއް"، އެއްދުވަހަކުން އޭނާގެ ދިރިއުޅުން ބަދަލުކޮށްލާނެ ކަމެއް، އޭނާގެ ހިތަކަށް އެއްގޮތަކަށްވެސް ނާރަ އެވެ. އެ ކުޑަކުއްޖާ ޝުކުރިއްޔާއޭ ބުނުމަށްފަހު، ބާރގަރ ކާން ފެށިއެވެ. އެވަގުތު އަންހެން ކުއްޖާ ސުވާލުކުރި އެވެ. "ކޮއްކޯއެވެ. ކޮއްކޮގެ ޢުމުރު ކިހާވަރެއް ހެއްޔެވެ؟" އެކުއްޖާ ޖަވާބުގައި ބުންޏެވެ. "ދިހަ އަހަރެވެ." އަންހެން ކުއްޖާ ބުންޏެވެ. "ކޮއްކޮ ބޭނުންނަމަ، ކޮންމެ ދުވަހަކުވެސް އަންނާށެވެ. އަހުރެން ކޮންމެ ދުވަހަކު، ކޮއްކޮއަށް ބާރގާރއެއް ބާއްވާނަމެވެ."

އެ އަންހެންކުއްޖާގެ އޯގާތެރިކަން ފެނި، އެ ކުޑަކުއްޖާ ބުންޏެވެ. "އަހުރެން އެއްދުވަހަކުން ކާމިޔާބު މީހަކަށް ވާނަމެވެ. އަދި، ތިބާގެ މި އިޙުސާންތެރިކަން، އަހުރެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަމެވެ."

އެ ކުޑަކުއްޖާ އަކީ އަކީ ކާކު ހެއްޔެވެ؟ އެ ކުއްޖަ އަކީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއީ ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭގެ 25 އަހަރު ފަހުން ރޮނާލްޑޯ، އޯގާތެރިކަމުގެ ގޮތުން އޭނާއަށް ހިލޭ ބާގާ ކާން ދިން، އަންހެން މީހާއާ ބައްދަލުކުރިއެވެ. އަދި އޭނާއަށް ރެސްޓޯރެންޓެއް ހަދިޔާއަކަށް ދިނެވެ. އަބަދުވެސް އޯގާތެރި ވާށޭ ބުނެވެނީ އެހެން ވެގެންނެވެ. މީހަކަށް އޯގާތެރިވުމަކީ، ފަހަރެއްގައިވެސް ގެއްލިގެން ދާނޭ ޢަމަލެއް ނޫނެވެ.

ދާދި ފަހުން، ވެނެޒުއެލާއަށް ކުރިމަތިވި ބިންހެލުމާ ގުޅިގެން، އެހީތެރިކަން ފޯރުކޮށް ދިން ފަރާތްތަކުގެ ވާހަކަ ދައްކަވަމުން، ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވިއެވެ.

"ޕޯޗުގަލްގެ ފުޓްބޯޅަ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީތެރިކަމުގެ ދަށުން ކާނާއާއި، ބޭހާއި، އަންނައުޱާއި، އެހެނިހެން ސާމާނު ލިބިފައިވެ އެވެ. އެހީގެ ތަކެތި ފޮނުވާފައި ވަނީ ދެ މަތިންދާ ބޯޓްގަ އެވެ. ޤައުމެއްގެ ގޮތުގައި ރޮނާލްޑޯ އަށް ޝުކުރު އަދާކުރާނޭ ލަފުޒުތަކެއް އަޅުގަނޑުގެ ދުލަކު ނެތެވެ. އަޅުގަނޑުމެންނަށް ހަމައެކަނި ކުރެވޭނީ ދުޢާއެވެ. މާތް ކަލާނގެ، ރޮނާލްޑޯއަށް ސުވަރުގެއިން ޚާއްޞަ މަޤާމެއް މިންވަރުކޮށް ދެއްވާށިއެވެ. އަދި މި ދުނިޔޭގައި އޭނާގެ ނަން މަތިވެރި ކުރައްވާށިއެވެ."

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.