މިދިޔަ މަހުގެ ތެރޭގައި ރާއްޖެ އަށް 123،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ޓޫރިސްޓް އެރެވައިލްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި ރާއްޖެ އަށް ޖުމްލަ 123،552 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެއަށް އައީ 143،099 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު 12 ޕަސެންޓް ދަށް އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1,067,543 ޓޫރިސްޓުން ޒިޔާރާތްކޮށްފައެވެ.
މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް ގައުމަކީ ޗައިނާ (168،677 ޓޫރިސްޓުން)، ރަޝިޔާ (150،187 ޓޫރިސްޓުން)، އިނގިރޭސިވިލާތް (86،477 ޓޫރިސްޓުން)، އިޓަލީ (73،928 ޓޫރިސްޓުން) އަދި (ޖަރުމަން 67،133 ޓޫރިސްޓުން) އެވެ.
ރާއްޖޭގައި މިހާރު 1،302 ތަނަކުން ޓޫރިސްތުންނަށް ހިދުމަތް ދެމުން އަންނަ އިރު، ބެޑް ކެޕޭސިޓީ އަކީ 68،836 އެވެ.