Last Updated: July 3, 02:38
Thursday, July 2, 2026
ޚަބަރު

ސަރުކާރު އޮތީ ސްޓެލްކޯ އަށް ދަރައި!

ސަރުކާރުގެ ކުންފުނި، ސްޓެލްކޯ އަށް ސަރުކާރު ދަރައި އޮތް ކަމަށް އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

ރިޕޯޓްގައިވާ ގޮތުން ސަރުކާރުގެ ބައެއް އިދާރާތާކާއި ގިނަ ކުންފުނިތަކެއް ހިމެނޭހެން 19 ފަރާތުން، ސްޓެލްކޯ އަށް 949 މިލިއަން ރުފިޔާ ނުދައްކައި އެބައޮތެވެ. މީގެ ތެރެއިން ބޮޑު އަދަދެއް ދައްކަން ޖެހިފައި އޮތީ ފިނޭންސް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ސްޓެލްކޯ އަށް ދައްކަން ޖެހޭ އަދަދު 333 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެނީ ދައުލަތުގެ މީޑިއާ ޕީއެސްއެމުންނެވެ. އެ ކުންފުނިން ސްޓެލްކޯ އަށް 163 މިލިއަން ރުފިޔާ ލިބެން ޖެހެ އެވެ.

ސްޓެލްކޯ އަށް ފައިސާ ދައްކަން ޖެހޭ ސަރުކާރުގެ އިދާރާތައް:

* ފިނޭންސް މިނިސްޓްރީ: 333 މިލިއަން ރުފިޔާ
* ހައުސިން މިނިސްޓްރީ: 43 މިލިއަން ރުފިޔާ
* އެންވަޔަރަންމަންޓް މިނިސްޓްރީ: 18 މިލިއަން ރުފިޔާ
* ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ): 2.2 މިލިއަން ރުފިޔާ
* މޯލްޑިވްސް ކަސްޓަމްސް: 1 މިލިއަން ރުފިޔާ
* އެންސްޕާ: 60،000ރ.
* ލޯކަލް ގަވަރަމަންޓް އޮތޯރިޓީ އެލްޖީއޭ): 55،000ރ.
* މާލޭ ސިޓީ ކައުންސިލް: 53 މިލިއަން ރުފިޔާ
* އައިޖީއެމްއެޗް: 4.4 މިލިއަން ރުފިޔާ

ސްޓެލްކޯ އަށް ފައިސާ ދައްކަން ޖެހޭ ސަރުކާރުގެ ކުންފުނިތައް:

* ޕީއެސްއެމް: 163 މިލިއަން ރުފިޔާ
* އެޗްޑީސީ: 33 މިލިއަން ރުފިޔާ
* އެމްޑަބްލިއުއެސްސީ: 24 މިލިއަން ރުފިޔާ
* ފެނަކަ ކޯޕަރޭޝަން: 15 މިލިއަން ރުފިޔާ
* އެމްއާރްޑީސީ: 14 މިލިއަން ރުފިޔާ
* އެސްޓީއޯ: 8.9 މިލިއަން ރުފިޔާ
* އެމްޓީސީސީ: 7.8 މިލިއަން ރުފިޔާ
* އެމްޕީއެލް: 1.9 މިލިއަން ރުފިޔާ
* މިފްކޯ: 1.4 މިލިއަން ރުފިޔާ
* ބީއެމްއެލް: 1.1 މިލިއަން ރުފިޔާ

މީގެ އިތުރުން އެހެނިހެން އިދާރާތަކުން ސްޓެލްކޯ އަށް ލިބެން ޖެހޭ ފައިސާގެ އަދަދު 221 މިލިއަން ރުފިޔާ އަށް އަރަ އެވެ.