Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ވަނަވަރު އާންމުކޮށްފި

ދަރިންނަށް ހަރަދު ނުދޭ މައްސަލައެއްގައި އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުން އެ މީހާގެ ވަނަވަރު އާންމުމުކޮށްފި އެވެ.

އެ ރަށު މެޖިސްޓްރޭޓް ކޯޓުން ނެރުނު އިޢުލާނެއްގައި ބުނީ ދަރިފުޅުގެ ޚަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަން ޖެހޭ ފައިސާ ގަވާއިދުން އދ. މަންދޫ، ނޫރަންމާގޭ މުޙައްމަދު ޙަބީބު ދައްކަމުން ނުދާ ކަމަށެވެ.

އެހެންވެ އޭނަ އަށް ކޯޓުން އަޅާ ފިޔަވަޅެއްގެ ގޮތުން ވަނަވަރު އާންމުކުރީ ކަމށް ކަމަށެވެ.

ދަރިންނަށް ދޭން ޖެހޭ ޚަރަދު ނުދީ ހިފަހައްޓާ ފަރާތްތަކުގެ ނަން ހާމަކުރުމަށް ފެމިލީ ކޯޓުން ނިންމީ 2018 ގަ އެވެ.