އައުޓްޑޯ ޖިމް ހަދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފައިވާތީ ޖިމްތައް ހަދަން ނިންމާފައިވާ ރަށްރަށުގެ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ގެންދިއުމުގެ މަސައްކަަތް ފަށައިފި އެވެ.
އެ ކުންފުންޏާ 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރަން ހަވާލުކޮށްފައިވެ އެވެ. އެ މަޝްރޫއި ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
މީގެ ތެރޭގައި މުޅިން އަލަށް އައުޓްޑޯ ޖިމް ތަރައްގީކުރާ 58 ރަށަކާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ 13 ރަށް ހިމެނެ އެވެ.
ޖިމް މަޝްރޫއު ކުރިއަށްދާ ރަށްތަކުގެ ތެރެއިން ބައެއް ރަށްރަށުގައި އިކުއިޕްމަންޓް ހަރުކުރުމަށް ތައްޔާރުވެފައިވާ ކަމަށް މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އެޗްޑީސީން ބުނެފައިވެ އެވެ.