Last Updated: July 3, 02:38
Thursday, July 2, 2026
ޚަބަރު

އިންޑިއާ އިން ރާއްޖެ އަށް ތެލުގެ މާފެއް

އިންޑިއާ އިން ރާއްޖެ އަށް އެކްސްޕޯޓްކުރާ ތެލަށް ނަގަމުން އައި ޓެކްހެއް އެ ގައުމުން މާފުކޮށްފި އެވެ.

އެގޮތުން އިންޑިއާ އިން އެކްސްޓްކުރާ ޕެޓްރޯލާއި ޑީސަލަށް ނަގާ ރޯޑް އެންޑް އިންފްރާސްޓްރަކްޗާ ސެސް (އާރްއައިސީ) ކަނޑާލަން ނިންމީ ރާއްޖޭގެ އިތުރުން މޮރިޝަސްއަށެވެ.

ކުރިން އިންޑިއާ އެ ލުއި ދީފައި ވަނީ ސްރީ ލަންކާ އާއި ބޫޓާނާއި ބަންގްލަދޭޝް އާއި ނޭޕާލަށެވެ.

އިންޑިއާއިން ބުނީ އާރުއައިސީ މައާފް ކުރަން ނިންމީ އެ ގައުމުގެ ސަރުކާރު ހިއްސާވާ ތެޔޮ ކުންފުނިތަކުން އެކްސްޕޯޓްކުރާ ތެލުން ކަމަށެވެ.

މެދުއިރުމަތީހެ ހަނގުރާމައާ ގުޅިގެން ރާއްޖެއިން މި އަހަރުގެ ކުރީކޮޅު ތެޔޮ ގަތުމާ ގުޅޭ ގޮތިން އިންޑިއާއާ މަޝްވަރާ ވެސް ކޮށްފައިވެ އެވެ.