އެހީގެ ގޮތުގައި ރާއްޖެ އިން ފަލަސްޠީނަށް މިއަހަރު ވެސް 50،000 ޑޮލަރު ދޭން ނިންމައިފި އެވެ.
އެކަން އިއުލާންކުރީ، އިއްޔެ ބޭއްވި 'އަންރުވާ ޕްލެޖިންގް ކޮންފަރެންސް'ގެ ތެރެއިންނެވެ.
ފަލަސްޠީނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސީ ޙާލަތުން އަރައިގަތުމަށް އެހީވުމަށް ރާއްޖެއިން މިހާރު އަންނަނީ، މާލީ އެހީ ދެމުންނެވެ. 'އަންރުވާ މެދުވެރިކޮށް މީގެ ކުރިން ރާއްޖެ އިން ކޮންމެ އަހަރަކުވެސް 5،000 ޑޮލަރު ދެމުން ދިޔަ ނަމަވެސް 2024 އިން ފެށިގެން ސަރުކާރުން ވަނީ އެ ޢަދަދު 50،000 ޑޮލަރަށް ބޮޑުކޮށްފަ ވެ.
އިއްޔެ އދ. ގެ މައި މަރުކަޒުގައި ކުރިއަ ށްދިޔަ 'އަންރުވާ ޕްލެޖިންގް ކޮންފަރެންސް' ގައި ރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު ވަނީ މި އަހަރު ވެސް ބައިލައްކަ ޑޮލަރު ދިނުމަށް ނިންމާފައިވާކަން ޢިއުލާންކޮށްފަ އެވެ.
Today, Ambassador @AlinyMohamed announced #Maldives pledge of USD 50,000 to @UNRWA in support of #Palestine refugees; reaffirmed 🇲🇻 commitment to ensuring humanitarian assistance to those who needs it, & called for UNRWA's mandate to be protected & enabled without obstruction. pic.twitter.com/YqdtiiiN1c
— Maldives Mission NY (@MVPMNY) July 1, 2026
އެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ އަންރުވާއަށް އެހީ ފޯރުކޮށްދިނުމަކީ ހަމައެކަނި މާލީ ނިންމުމެއް ނޫން ކަމަށާއި، އެއީ އިންސާނީ ކަރާމާތާއި، ބައިނަލްއަޤުވާމީ ޤަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ޙިމާޔަތްކުރުމާ ގުޅުންހުރި ކަމެއް ކަމަށެވެެ.