Last Updated: July 3, 02:38
Thursday, July 2, 2026
ޚަބަރު

ޒަކާތާއި ގުޅޭ ހަތަރު ފޮތެއް ނެރެފި

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން ޒަކާތާއި ގުޅޭ 4 ފޮތެއް ޒަކާތު ހައުސްއިން ނެރެފިއެވެ.

މި ފޮތްތައް ނެރެދެއްވީ، ފައިނޭންޝަލް އެކްސްޕޯ ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވައި، ރައީސް މުޢިއްޒު ޒަކާތު ހައުސްގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ޒަކާތު ހައުސްގެ ޑައިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސްވަނީ މި 4 ފޮތް އެމަނިކުފާނަށް އަރުވައިފައެވެ.

މީގެ އިތުރުން، ”ޒަކާތް ބަލައިގަތުމާއި ބެހުމުގެ ޝަރުޢީ އުޞޫލުތަކާއި މިންގަނޑުތައް“ މި ފޮތުގެ ދިވެހި އަދި އިނގިރޭސި ފޮތްވެސް ރައީސަށް ވަނީ އަރުވައިފައެވެ.

އެކްސްޕޯގެ ތެރެއިން މޯލްޑިވްސް ޒަކާތު ހައުސްއިން ނެރެފައިވާ 4 ފޮތަކީ:

* ޒަކާތާއި އަޤީދާ

* ޒަކާތާއި ޞަދަޤާތްދިނުމާ މެދު ބާރުއަޅުއްވާފައިވާ މިންވަރު

* ޒަކާތާއި ޞަދަޤާތް ދިނުމާ ގުޅޭ އަދަބުތަކާއި ޞަދަޤާތްދީ އުޅޭ މީހުންގެ ސިފަތައް

* ޒަކާތުގެ ޙުކުމްތަކުގެ ޚުލާޞާ

ހުޅުމާލެ ސެންޓްރަލް ޕާކުގައި ހުޅުވި މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)އިން އިންތިޒާމު ކޮށްގެން ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯ މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.