Last Updated: July 3, 02:38
Thursday, July 2, 2026
މުނިފޫހިފިލުވުން

ރަޖްނީކާންތުގެ 'ޖެއިލާ 2' އޮކްޓޯބަރުގައި

ރަޖްނީކާންތާއި ޑައިރެކްޓަރު ނެލްސަން.

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރަޖްނީކާންތުގެ 'ޖެއިލާ 2' މި އަހަރުގެ އޮކްޓޯބަރުގައި ގެނެސްދޭން ނިންމައި އޭގެ ޓީޒާއެއް މިއަދު ދައްކާލައިފި އެވެ.

ސަން ޕިކްޗާސްގެ މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ތާވަލުކޮށްފައި ވަނީ އޮކްޓޯބަރު 15 ގަ އެވެ. އެކްޝަން ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ 'ޖެއިލާ 2' އަކީ 2023 ގައި ރިލީޒްކުރި ކާމިޔާބު ފިލްމު 'ޖެއިލާ' ގެ ސީކްއެލް އެވެ. ދެ ފިލްމުގެ ވެސް ލިޔެ، ޑައިރެކްޓްކުރީ ނެލްސަން އެވެ.

'ޖެއިލާ 2' ކާސްޓުންގެ ތެރޭގައި ވިދިއާ ބަލަން، ރާމިއާ ކްރިޝްނަން، ޔޯގީ ބާބޫ، އެސްޖޭ ސޫރިއާ، މިރްނާ، އަންނާ ރަޖަން އަދި ޖަތިން ސަރުނާ ހިމެނެ އެވެ. މީގެ ހާއްސަ ފެނިލުންތަކެއްގައި މަޝްހޫރު މަލަޔާޅަމް އެކްޓަރު މޯހަންލާލާއި ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީގެ އިތުރުން މިތުން ޗަކްރަބަތީ އާއި ރިތިކް ރޯޝަން ހިމެނެ އެވެ.

ރަޖްނީކާންތު، 75، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އެކްޝަން ތުރިލާ 'ކޫލީ' އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަމަލް ހަސަން ޕްރޮޑިއުސްކޮށް، އަޝްވަތު މަރިމުތޫ ޑައިރެކްޓްކޮށް އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ 'ދަރުމަން: ދަ ޑެޑްލީ ޑޮކްޓާ' ހިމެނެ އެވެ.