އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ކައިވެނިކޮށްފި އެވެ.
މީޑިއާތަކުން ބުނީ އޭނަ އާއި ލޯބިވެރިޔާ ޓްރާވިސް ކެލްސީގެ ކައިވެނީގެ ހަފުލާ އޮތީ ނިއު ޔޯކްގެ މެޑިސަން ސްކެއާ ގާޑަންގައި ކަމަށެވެ. ވަރަށް ޕްރައިވެޓްކޮށް ބޭއްވި ކައިވެނި ހަފުލާގައި ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް ރައްޓެހިންގެ އިތުރުން މަޝްހޫރު ބައެއް ސެލެބްރިޓީން ވެސް ބައިވެރިވި އެވެ.
ޓޭލާ ކައިވެނި ކުރި ވާހަކަ މީޑިއާތަކުން މިއަދު ރިޕޯޓްކުރި ނަމަވެސް މިކަމާ ބެހޭ ގޮތުން އޭނަ އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
ދުނިޔޭގެ ނުފޫޒު ގަދަ އަންހެނުން ފަންނާނުންގެ ތެރޭގައި ހިމެނޜ ޓޭލާ، 36، އާއި ޓްރާވިސް، 37، އެންގޭޖްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެކަން އެ މީހުން ރަސްމީކޮށް އިއުލާންކުރީ އެ މަހުގެ 26 ގަ އެވެ.
ޓްރާވިސް އަކީ ކުޅިވަރުގެ ދާއިރާގެ މީހެކެވެ.
މިހާތަނަށް 14 ގްރެމީގެ އިތުރުން ވެސް މިއުޒިކީ ދާއިރާ އިން ދެވޭ ޝަރަފުވެރި އެތައް އެވޯޑެއް ހާސިލުކޮށްފައިވާ ޓޭލާގެ އެންމެ ފަހުގެ އަލްބަމަކީ މިދިޔަ އަހަރުގެ "ދަ ލައިފް އޮފް އަ ޝޯގާލް" އެވެ.