Last Updated: July 3, 23:06
Friday, July 3, 2026
ޚަބަރު

ފެންވަރު ވަޒަން ކުރަން ކީ ސްޓޭހް 1 އަށް އިމްތިހާނެއް

ސަރުކާރުގެ ސްކޫލްތަކުގައި ސްޓޭޖް 1 ގައި ކިޔަވަމިން އަންނަ ދަރިވަރުންގ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކުން ވަޒަންކުރުމަށްޓަކައި އަންނަ ހާއްސަ އިމްތިހާނެއް ބާއްވަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްތްތީން ބުނީ އެ އިމްތިހާނު ބާއްވާނީ މި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ކަމަށެވެ.

މިކަން އިއުލާންކްުރީ 2025 ގެ ކީ ސްޓޭޖް 3 ގެ ދަރިވަރުންގެ ނަތީޖާ ވަޒަންކުރުމަށް ފަހު އެކުލަވާލި ރިޕޯޓު ނެރުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު އެވެ.

އޭނަ ވިދާޅުވީ ނޮވެންބަރު މަހު ކީ ސްޓޭޖް 1 އަށް ބާއްވާ އިމްތިހާނުގެ ސަބަބުން ސައިންސާއި، ހިސާބު އަދި އިނގިރޭސި ފަދަ މާއްދާތަކުން ދިވެހި ކުދިން ތިބި ހިސާބު، ދުނިޔޭގެ އެހެން ގައުމުތަކުގެ އެ އުމުރުފުރާގެ ކުދިންނާ ސީދާ ގޮތެއްގައި އަޅައިކިޔައި ލެވޭނެ އެވެ. އަދި މި އިމްތިހާނުން ލިބޭ މައުލޫމާތުގެ އަލީގައި މުޅި ތައުލީމީ ނިޒާމަށާއި މަންހަޖަށް ގެންނަން ޖެހޭ ހެޔޮ ބަދަލުތައް އިލްމީ ގޮތެއްގައި ދެނެގަނެވޭނެކަން ވެސް ވިދާޅުވި އެވެ.

މީގެ ކުރިން ކީ ސްޓޭޖް 1 އާއި 2 ގެ ފެންވަރު ބެލިނަމަވެސް އެ ނަތީޖާތަކުގެ ބޭނުން ސިޔާސަތު އެކުލަވާލުމުގައި އެންމެ އެކަށީގެންވާ ގޮތެއްގައި ހިފިފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ހާއްސަކޮށް ފަށާ ތައުލީމުގެ މަރުހަލާގައި ހިސާބު މާއްދާގެ ނަތީޖާ ދަށްކަން ފާހަގަފައިވާތީ، މުގައްރަރަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން އެ މާއްދާ ކިޔަވައި ދިނުމަށް ހޭދަކުރާ ވަގުތު އިތުރުކޮށް، މުދައްރިސުންނަށް އިތުރު ތަމްރީނު ފޯރުކޮށް ދިނުމަށް މިހާރު އޮތީ އަމާޒު ހިފައިފަ އެވެ.