Last Updated: July 3, 23:06
Friday, July 3, 2026
ދުނިޔެ

ކުއްޖަކު ދުއްވި ޕިކަަޕަކުން ޖެހި ފާދިރީންތަކެއް މަރުވެއްޖެ

ތައިލޭންޑްގައި 11 އަހަރުގެ ކުއްޖަކު ދުއްވި ޕިކަޕަކުން ޖެހި އެ ގައުމުގެ ބުޑިސްޓް ފާދިރީންތަކެއް މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ 9 ފާދިރީއަކު މަރުވި ހާދިސާ ހިނގީ 35 ފާދިރީންގެ ޖަމާއަތަކާއި އިތުރު ބަޔަކު ދީނީ އަޅުކަމެއްގެ ތެރެއިން ތައިލޭންޑް މުކްދަން ޕްރޮވިންސްގެ މަގެއްގެ މަތިން ހިނގާފައި ދަނިކޮށް، ކުޑަކުއްޖާ ދުއްވި ޓްރަކް ކޮންޓްރޯލް ނުވެ ގޮސް، ފާދިރީންގެ ބައިގަނޑުގެ ތެރެއަށް ވަނުމާ ގުޅިގެން ކަމަށެވެ.

މީޑިއާތަކުން ބުނި ގޮތުގައި އެ ހާދިސާގައި މަރުވި 9 ފާދިރީންގެ ތެރެއިން ފަސް މީހަކު މަރުވީ ހާދިސާ ހިނގި ތަނުގަ އެވެ. އަދި އަނެއް ހަތަރު މީހުން މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. މި ހާދިސާގައި ޒަހަމްވި މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ. އެ

ގޮތުން ތިން ފާދިރީއެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ވެސް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.

ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނި އެކްސިޑެންޓްވި ކުއްޖާ ދުއްވި ވެހިކަލަކީ އެ ކުއްޖާގެ މައިންބަފައިންގެ އެއްޗެއް ކަމަށެވެ. އަދި ކުއްޖާ އެއަށް އަރައިގެން ދިޔައީ ބެލެނިވެރިންނަށް ނޭނގި ކަމަށް ބުނެފައިވެ އެވެ.

ހާދިސާގައި ޕިކަޕްގެެ ކުރީކޮޅަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެސް ލިބިފައިވެ އެވެ.

އެ ވެހިކަލް މިހާރު އިތުރު ތަހުގީގަށް ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އިރު، އެ ކުއްޖާ އަކީ ހާއްސަ އެހީއެެއް ބޭނުންވާ ކުއްޖެއް ކަމަށް އެ ކުއްޖާގެ މެޑިކަލް ޗެކަޕަކަށް ފަހު ފުލުހުން ބުނެފައިވެ އެވެ. އެ ކުއްޖާ އަށް މި ވަގުތު ބޭނުންވާ އިތުރު ފަރުވާ ފުލުހުބްގެ ބެލުމުގެ ދަށުން މިހާރު އަންނަނީ ދެމުން ކަމަށް ފުލުހުންގެ މޭޖާ ޖެނެރަލް ޕައިރޯޖް ތައިޕުޓްސާ ވިދާޅުވި އެވެ.