Last Updated: July 3, 23:06
Friday, July 3, 2026
ޚަބަރު

ފުލުހުންގެ އަސާސީ ތަމްރީނުގެ މަންޖަހު ޒަމާނީ ކުރަނީ

ފުލުހުންގެ އަސާސީ ތަމްރީނުތައް ޒަމާނީ ފެންވަރަށް މަތީ ހަރުފަތަކަށް ގެންދިއުމަށްޓަކައި، އަލަށް އެކުލަވައިލެވޭ މަންހަޖުގެ ދަށުން ގެނެވޭ ބަދަލުތައް ކުރިއަށް އޮތް ފުލުހުންގެ 43 ވަނަ އަސާސީ ތަމްރީނު ކޯހާ އެކު އަމަލީ ގޮތުން ތަންފީޒުވާން ފަށާނެ ކަމަށް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ރޭ އައްޑޫގައި ބޭއްވި ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި އޭނަ ވަނީ ފުލުހުންގެ އަސާސީ ތަމްރީނުތައް ޒަމާނީ ފެންވަރަށް މަތީ ހަރުފަތަކަށް ގެންދިއުމަށް ކޮލެޖުގެ އިސްވެރިންނަށާއި ހީވާގި މުވައްޒަފުންނަށް ވެސް ގޮވާލައްވައިފަ އެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު އެދުމަކީ، ކުރިއަށް އޮތް 43 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހާ އެކު، މި ޒަމާނީ ބަދަލުތައް އަމަލީ ގޮތުން ތަންފީޒުވާން ފެށުން،" ސީޕީ ވިދާޅުވިއެވެ.

އަދި އަލަށް އެކުލަވައިލެވޭ މަންހަޖުގެ ދަށުން، އަމަލީ މައިދާނުގައި ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރާނެ ހުނަރުވެރި، ނަމޫނާ، ފެންވަރު ރަނގަޅު އޮފިސަރުންތަކެއް ބިނާކުރުމަށް ހާއްސަ އިސްކަމެއް ދީގެން މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ސީޕީ އިލްތިމާސް ކުރެއްވި އެވެ.

ސީޕީ ވަނީ ފުލުހުންގެ ތަމްރީނު މަރުކަޒުތަކަކީ ފެންވަރު ރަނގަޅު، ޒަމާނީ ވަސިލަތްތަކުން ފުރިގެންވާ ތަމްރީނުދޭ މައިދާންތަކަކަށް ބަދަލުވެގެންދާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.