Last Updated: July 3, 23:06
Friday, July 3, 2026
ދުނިޔެ

ފަލަސްޠީނު މީހުން މަރަން ގޮވި ރާހިބު މަރާލައިފި

ފަލަސްޠީނުގެ މުސްލިމުން މެރުމަށް ހިތްވަރުދިން، ސަޙުޔޫނީ ރާހިބު އަމޯސް ގޮއިޓާ މަރާލައިފި އެވެ.

ކުޑަކުދިންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ގެރިބަކަރި ޖަނަވާރު ހިމެނޭ ގޮތަށް މުސްލިމުންނާއި، ޢަރަބިން މެރުމަށާއި، އަދި ޣައްޒާ ފުނޑުފުނޑުކޮށް ބިމާ ހަމަކޮށްލުމަށް ހިތްވަރުދިން ކަމަށް ބުނާ ސަޙުޔޫނީ ރޫހާނީ އިސްވާރު، އަދި އިސް ރާހިބު އަމޯސް ގޮއިޓާ ބަނޑަށް ވަޅިހަރައި މަރައިލީ އިއްޔެ އެވެ.

ގޮއިޓާގެ މަރުގެ މައްސަލައިގައި ފުލުހުން ވަނީ ތަޙުޤީޤުތައް ވަނީ ފަށައިފަ އެވެ. އަދި، ގޮއިޓާ އަށް ވަޅިން ޙަމަލާދީ މަރާލި މައްސަލައިގައި ޝައްކު ކުރެވޭ މީހަކު އިޒުރޭލުގެ ފުލުހުން ވަނީ ހައްޔަރު ވެސް ކޮށްފައެވެ.

އެ ޢަމަލު ހިންގި ކަމަށް ޝައްކު ކުރެވޭ މީހަކީ ކުރިން ގޮއިޓާ ކިޔަވައިދިން އޭނާގެ ދަރިވަރެކެވެ. އަދި، އެއީ ޢުމުރުން 20 އަހަރުގެ މީހެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ، ވަޅިން ހަމަލާދިނުމަށް ފަހު، އެތަނުން ފިލައިގެން ދާން މަސައްކަތް ކުރަނިކޮށެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.