Last Updated: July 5, 00:13
Saturday, July 4, 2026
ކުޅިވަރު

އަހަންނަކަށް ޓެޓޫއެއް ނުޖެހޭނެ: ޔަމާލް

އަމިއްލަ އަށް ޓެޓޫ ޖަހަން ބޭނުން ނުވާ ކަމަށް ސްޕެއިންގެ ފުޓްބޯޅަ ތަރި ލަމީން ޔަމާލް ބުނެފި އެވެ.

އޭނަ ބުނި ގޮތުގައި ސްޕެއިނުން މި އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުޔަސް އޭނައަކަށް އމިއްލަ އިސްލާމީ ޢަޤީދާގެ ސަބަބުން ޓެޓޫއެއް ނުޖެހޭނެ އެވެ.

ވޯލްޑް ކަޕް ޗެމްޕިއަންކަން ލިބިއްޖެ ނަމަ، އެކަން ފާހަގަކުރުމުގެ ގޮތުން ކޯޗު ލުއިސް ޑި ލަ ފުއެންޓޭގެ މޫނުގެ ޓެޓޫއެއް ޖަހާނެތޯ ސުވާލުކުރުމުން، އެއްވެސް މީހެއްގެ މޫނުގެ ޓެޓޫއެއް ނުޖަހާނެކަމަށް ބުނެ ޔަމާލް ޖަވާބު ދީފައިވެ އެވެ.

"އަހަންނަކީ މުސްލިމެއް. އަދި އަހުރެންނަށް ޓެޓޫއެއް ނުޖެހޭނެ." އޭނަ ބުންޏެވެ.

ޔަމާލް، 18، ގެ އެ ނިންމުން ބިނާވެފައިވަނީ، ކުޅިވަރުގައި ބައިވެރިވާ މީހުންނަށް ވުރެ ބޮޑަށް، އޭނާ ޤަބޫލުކުރާ ދީނުގެ ޢަޤީދާގެ މައްޗަށްކަން އޭނާ ސާފުކޮށް ދިނެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.