ސިނަމާތަކަށް ގެންނަން ނިންމާފައިވާ އިބްރާހީމް އަލީ ޚާން (އިގީ) ގެ ފުރަތަމަ ފިލްމު 'ދިލަރު' މި އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިހާރު އުމުރުން 25 އަހަރުގެ އިގީ އަކީ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅެވެ. އަދި އޭނަ އަކީ ބަތަލާ ސާރާ އަލީ ޚާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. އިގީގެ ފުރަތަމަ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މިދިޔަ އަހަރުގެ މާޗްގައި ނެޓްފްލިކްސް އަށް ގެނެސްދިން ފިލްމު 'ނާދާނިޔާ' އެވެ.
އޭގެ ފަހުން އެ ސްޓޫޑިއޯ އިން އިގީ ދެވަނަ ފިލްމު 'ސަރްޒަމީން' ބެލުންތެރިންނަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޖިއޯ ހޮޓްސްޓާ އިންނެވެ.
މީޑިއާތަކުން ބުނީ އިގީގެ ތިން ވަނަ ފިލްމު 'ދިލަރު' އަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް ކުނާލް ދޭޝްމުކް ޑައިރެކްޓްކޮށްފައިވާ ފިލްމެއް ކަމަށެވެ. އޭނަ އަކީ 'ޖަންނަތު' 1 އާއި 2 އަދި 'ތުމް މިލޭ' ގެ އިތުރުން 'ޝިއްދަތު' ވެސް ގެނެސްދިން ޑައިރެކްޓަރެވެ.
ރިޕޯޓްތައް ބުނާ ގޮތުން 'ދިލަރު' ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވެނީ ނޮވެމްބަރު މަހުގެ 6 ގަ އެވެ. ނަމަވެސް މިއާ ބެހޭ އެއްވެސް މައުލޫމާތެއް މެޑޮކް އިން އަދި މިހާތަނަށް ރަސްމީކޮށް ހާމައެެއް ނުކުރެ އެވެ.
މި އަހަރުގެ ޖެނުއަރީގައި ޝޫޓިން ނިންމާލައި، ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް 'ދިލަރު' ގައި އިގީ ފެންނާނީ މެރަތަން ދުވުންތެރިއެއްގެ ރޯލުންނެވެ. މި ފިލްމުގެ ބަތަލާ އަކީ ދެކުނުގެ ބަތަލާއެއް ކަމަށްވާ ސްރީލީލާ އެވެ. އޭނަ އަކީ ޑައިރެކްޓަރު އަނޫރާގް ބާސޫ، ކާތިކް އާރިއަނާ އެކު ގެނެސްދޭން ނިންމާފައިވާ ފިލްމުގެ ބަތަލާ ވެސް މެ އެވެ.
'ދިލަރު' ވާނީ ސްރީލީލާ ބޮލީވުޑަށް ތައާރަފުވާ ފިލްމަށެވެ.