"މަންފާ އެކަޑަމީ" ލޯންޗްކޮށްފި އެވެ.
މި އެކަޑެމީ އަކީ ދީނީ ހޭލުންތެރިކަން އުފައްދަން ހާއްސަކޮށްގެން އަލީ ރަމީޒް އިސްކޮށް ހުރެ 2024 ގައި ރަޖިިސްޓްރީކުރި މަންފާ ޖަމިއްޔާގެ ފަރާތުން ލޯންޗްކުރި އެކަޑެމީއެކެވެ.
"މަންފާ އެކަޑަމީ" ލޯންޗް ކުރަން ރޭ ޣިޔާސުއްދީން ސްކޫލްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެކަޑަމީ ލޯންޗްކޮށް ދެއްވީ ރާއްޖޭގެ ފުޓްބޯޅައިގެ ޝަހުސިއްޔަތެއް ކަމަށްވާ އަލީ ސުޒޭނެވެ.
މަންފާ އެކަޑަމީގެ ޗެއާމަން އަލީ ރަމީޒް ވިދާޅުވީ މިއީ އޭނާގެ ހަޔާތުގައި ވަރަށް އުފާވެރި އެހާމެ ތާރީހީ ރެއެއް ކަމަށެވެ.
އޭނަ ވިދާޅުވީ އިސްލާމީ ދައުވަތުގައި 22 އަހަރުގެ ހޭދަކުރެވުނު އިރު، ރޭ ފެށުނީ އާ ބާބެއް ކަމަށާއި މަންފާ އެކަޑެމީވެގެން ދާނީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ނަމޫނާ އަދި އިސްލާމީ ދައުވަތު އެ ދާއިރާއަށް ފޯރުކޮށް ދިނުމުގައި މުހިންމު ބައިވެރިއަކަށް ކަމަށެވެ.
"މަންފާ އެކަޑަމީ އިފްތިތާހުކުރެވިގެންދިޔައިރު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ އަދި އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެކަޑަމީގެ މަސައްކަތުގައި އިސްކޮށް ވަރަށް ޤާބީލް އެހާމެ މުރާލި އަދި ދިވެހި ކުޅިވަރުގައި ވަރަށް ފާހަގަކޮށްލެވޭ ބޭފުޅުންތަކެއް ތިއްބެވުން،" އަލީ ވިދާޅުވި އެވެ. "މި މަސައްކަތުގައި އެ ބޭފުޅުންގެ ބައިވެރިވުމާއި އިސްނެގުން ފާހަގަކޮށް އަޅުގަނޑުގެ ފަރާތުން އިޚްލާސްތެރި ޝުކުރެއް އެންމެ ބޭފުޅުންނަށް އަރިސްކުރަން."