ރާއްޖޭގައި ހުރި އިވެންސްޓް ކުރަން ފުރުސަތުތަކާއި ރާއްޖޭގެ ވިޔަފާރީގެ މާހައުލާއި ގުޅޭ އެކި މައުލޫމާތުތައް ހިއްސާކުރުމަށް ޖަޕާނުގެ ވިޔަފާރިތަކަށް ޚާއްސަ ވެބިނާއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
މިއީ ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ އާއި ޖަޕާން އެކްސްޓަރނަލް ޓްރޭޑް އޮގަނައިޒޭޝަން (ޖެޓްރޯ) އާއި ގުޅިގެން ބާއްވާ ވެބިނާ ކެވެ.
ޖެޓްރޯ އަކީ ޖަޕާނުންގެ ވިޔަފާރިތަކުން އެހެން ޤައުމުތަކުގައި އިންވެސްޓްކުރުމާއި ގުޅޭ ކަންކަމުގައި އެ ޤައުމުގައި ހަރަކާތްތެރިވާ ރަސްމީ ޖަމިއްޔާ އެވެ.
ވެބިނާ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 23 ގަ އެވެ.
This morning, had a productive meeting with Ms. Akiko Okumura, Executive Vice President of the Japan External Trade Organization (JETRO).
We discussed investment opportunities, investor protection and incentive frameworks, as well as the recent amendments to the Foreign… pic.twitter.com/iZQqf0IiJn
— Ahmed Mahloof (@AhmedMahloof) January 28, 2026
މި ވެބިނާއާ ގުޅޭ ގޮތުން ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރު އަހުމަދު މަހްލޫފް ވިދާޅުވީ މިއީ ރާއްޖެ އަކީ ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލަކަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެގެވުމުގެ މަތީން ޤާނޫނަށް ގެނެފައިވާ ބަދަލުތަކާއި މިހާރު ރާއްޖޭގައި ހުރި ވިޔަފާރީގެ ފަހި ފުރުސަތުތައް ޖަޕާނުގެ ވިޔަފާރިވެރީންނާއި އިންވެސްޓަރުންނާއި ވެބިނާ މެދުވެރިކޮށް ބާއްވާ ވަރަށް މުހިއްމު ވެބިނާއެއް ކަމަށެވެ.
މީގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދާއި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ އިތުރުން މަހްލޫފް ވެސް ވާހަކަ ދައްކަވަން ހަމަޖެހިފައިވެ އެވެ.
އަދި ޖެޓްރޯ، ޖަޕާނުގެ އިކޮނޮމިކް މިނިސްޓްރީ އަދި ޖައިކާގެ އިސްވެރިން ވެސް ވާހަކަ ދައްކަވާނެއެވެ.
މަހްލޫފް ވިދާޅުވީ އުންމީދަކީ އެ ޤައުމުގެ ވަރަށް ގިނަ ވިޔަފާރިތަކާއި އިންވެސްޓަރުން ވެބިނާގައި ބައިވެރިވުން ކަމަށެވެ.