ޖަޕާންގެ ކުޑަ އަވަށެއްގެ އަންހެން މޭރަކު ވިހަން ޗުއްޓީ ނެންގެވުމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
މެޓާނިޓީ ލީވެއް ނެގީ ޖަޕާންގެ ޔަވާޓާގެ މޭޔަރު ޝޯކޯ ކަވާޓާ، 35، އެވެ. އޭނަ އަކީ ޖަޕާންގެ އެންމެ ޒުވާން އިންތިހާބީ މޭޔަރެވެ. ވިހަން ޝޯޓޯ ޗުއްޓީ ނެންގެވުމާ ގުޅިގެން އެކަން ގިނަ ބައެއްގެ ސަމާލު ކަމަށް އައިސް، ފާޑުކިޔުންތައް އަމާޒުވި އިރު، އޭނަ އަކީ އިންތިހާބީ މަގާމެއްގައި ހުންނަވައިގެން މެޓާނިޓީ ލީވް ނެންނެވި ފުރަތަމަ މޭޔަރު ވެސް މެ އެވެ. އެހެންވެ މިކަން ތާރީހީ ކަމެއްގެ ގޮތުގައި ވެސް ވަނީ ލިޔެވިފަ އެވެ.
ޝޯކޯ މޭޔަރަކަށް އިންތިހާބުވެވަޑައިގަތީ 2023 ގަ އެވެ.
ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި ރައްޔިތުންނަށް ހިދުމަތް ކުރަން ހޮވާފައި ހުންނަޗާ ބޭފުޅަކަށް މެޓާނިޓީ ލީވެއް ނަންގަވައި، މަސްއޫލިއްޔަތިތަކުން އެކަހިވެރުވަޑައައް ނުގަވޭނެ އެވެ. އެހެންވެ ޝޯކޯގެ މެޓާނީ ލީވް މިހާރު ގައުމީ ބަހުސަކަށް ވެފައިވާ އިރު، އިންތީހާބީ އަންހެން މުވައްޒަފުން ވިހަން ޗުއްޓީ ނެގުމާ ގުޅޭ ގޮތުން ޖަޕާނުގައި ގާނޫނީ އޮނިގަނޑެއް ވެސް ނޯވެ އެވެ.
އެހެންވެ އަމިއްލަ ހައުސިއްޔަތުން ޝޯކޯ ވިހަން ދެ މަސް ދުވަހުގެ ޗުއްޓީ ނެންގެވީ އޭނަގެ މަސްއޫލިއްޔަތު ޑެޕިއުޓީ މޭޔަރު ޝިގޭޓޯ ނޯސްއާ ހަވާލު ކުރައްވައިފަ އެވެ. ޝޯކޯ ވިހާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އޭނަގެ މެޓާނިޓީ ލީވްއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ޝޯކޯ ވިދާޅުވީ އެކަން ބޮޑު މައްސަލަގަނޑަކަވެގެން ގިނަ ބަޔަކު ވާހަކަ ދައްކާތީ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. އަދި ޖަޕާނަކި އުފަންވާ ރޭޓް ދުނިޔޭގެ ނިސްބަތުން ވެސް ވަރަށް ދަށް ގައުނަކަށްވެފައި އަންހެނަކު ވިހަން ޗުއްޓީ ނެގުމަކީ ގައުމީ ބޮޑު ބަހުސަކަށް ހަދަން ޖެހޭ ވަރުގެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ޝޯކޯ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ޖަޕާނަކީ އަންހެނުންގެ ދައުރު ބޮޑުވަމުން އަންނަ ގައުމެއް ކަމަށެވެ. އެގޮތުން އެ ގައުމުން އަލަށް މިދިޔަ އަހަރު އަންހެން ބޮޑުވަޒީރަކު ވެސް އިންތިހާބުކޮށްފައިވާ އިރު، ގާނޫނު ހަދާ މަޖިލީހުގައި ވެސް އަންހެނުންގެ ނިސްބަތް 15 ޕަސެންޓަށް މިހާރު އަރާކަން މޭޔަރު ފާހަގަކުރެއްވި އެވެ.
އެހެންވެ އަންހެނުންނަށް ހާއްސަ ކަންކަން ބޮޑުކޮށްލައިގެން މާނައެއް ނެތް ވާހަކަތަކެއް ދެއްކުމަކީ ބޭކާރު ކަމެއް ކަމަށް ޝޯކޯ ވިދާޅުވި އެވެ.