Last Updated: July 5, 00:13
Saturday, July 4, 2026
ޚަބަރު

މިހާތަނަށް އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް

އަހަރުގެ ފުރަތަމަ ހަ މަސް ނިމުނު އިރު، އެންމެ ގިނައިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ތަފާސްހިސާނބުތަކުން ދައްކައިފި އެވެ.

އެގޮތުން ވައްކަމުގެ 1،775 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.

މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ޖުމްލަ 6،198 މައްސަލަ ރިޕޯޓްކޮށްފައިވާ އިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު، 7 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅީ ޖުމްލަ 5،757 މައްސަލަ އެވެ.

ފުރަތަމަ 6 މަހުގެ މައްސަލަތައް:

* ވައްކަން: 1،775 މައްސަލަ
* އެކްސިޑެންޓް: 1،568 މައްސަލަ
* މަސްތުވާތަކެއްޗާ ގުޅޭ: 1،116 މައްސަލަ
* އެއްޗެތި ގެއްލިގެން: 527 މައްސަލަ
* މުދަލަށް ގެއްލުން ދިނުން: 326 މައްސަލަ
* މާރާމާރީ: 339 މައްސަލަ
* ގެވެށިއަނިޔާ: 172 މައްސަލަ
* ޖިންސީ ކުށް: 131 މައްސަލަ
* ފޭރުން: 81 މައްސަލަ
* ޚިޔާނަތް: 172 މައްސަލަ
* ފޯޖްކުރުން: 23 މައްސަލަ

ކުށް މަދުކުރުމަށް ފުލުހުން އަންނަނީ މުޅި ރާއްޖޭގައި މިހާރު ހަރަކާތްތެރިވަމުންނެވެ.