މާރާމާރީ ހިންގަން ރާވައި، ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ހަ ޒުވާނަކު ހައްޔަރުކޮށް، ބަންދަށް މުއްދަތު ޖަހައިފި އެވެ.
ފުލުހުން ބުނީ މާލެ އާއި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހުގޭ ރައިވެރި ހިނގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަހައްދު ބަލައި ފާސްކުރުމަށް ފަހު 6 މީހަކު ހައްޔަރުކުރި ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ 30 އަހަރުގެ ދިވެހި ދެ މީހަކާއި، 23 އަހަރުގެ މީހަކާއި 21 އަހަރުގެ ދެ މީހަކާ 34 އަހަރުގެ މީހެއްގެ އިތުރުން 32 އަހަރުގެ މީހެކެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
މި މީހުން އަތުލައިގަތް އެ އޮޕަރޭޝަނުގައި ބަލައި ފާސްކުރިއިރު އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39،695 ރުފިޔާ ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން ހަތަރު މީހަކު 15 ދުވަހަށް އަދި އަނެއް ދެ މީހުން ވަނީ ޝަރުތު ކުރުމަށްފަހު ދޫކޮށްލައިފަ އެވެ.