Last Updated: July 5, 00:13
Saturday, July 4, 2026
ޚަބަރު

ޕީއެންސީގެ އިންތިހާބު 131 ދާއިރާއެއްގައި

އަންނަ ހޮނިހިރު ދުވަހު ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގައި 131 ރަށު ދާއިރާގައި ވޯޓުލުން ކުރިއަށް ދާނެ ކަމަށް އެ ޕާ ޓީން ބުނެފި އެވެ.

ވެރިކަން ކުރާ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ މި އިންތިހާބަކީ ވާދަވެރި އިންތިހާބަކަށް ވާނެ ކަމަށެވެ. މި އިންތިހާބުގައި 2،500 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެ އެވެ.

އިންތިހާބުގައި ޕީއެންސީގެ ވޯޓާސް ލިސްޓުގެ އަސާސެއްކަމުގައި ބަލަނީ އިލެކްޝަން ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެމްބަރުންގެ ދަފްތަރަށެެވެ. އެހެންވެ މި އިންތިހާބުގައި ވޯޓުލެވޭނީ މިދިޔަ މަހުގެ 15 ގެ ނިޔަލަށް އިލެކްޝަން ކޮމިޝަނުގައި އޮންނަ ޕީއެންސީގެ ދަފްތަރުވެފައިވާ މެމްބަރުންނަށް އެކަންޏެވެ.

ޕާޓީގެ ވޯޓާސް ލިސްޓު މިހާރު ޕާޓީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އިތުރުން އިންތިހާބާ ގުޅޭ އެކިއެކި ކަންކަމުގައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ޕާޓީގެ ޕޯޓަލްގެ ތެރެއިން މިއަދުން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ، އަދި ރީ-ރަޖިސްޓްރޭޝަނަސް ވެސް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

އެތެރޭގެ އިންތިހާބުގައި ޕީއެންސީގެ ދާއިރާގެ ރައީސުން އިންތިހާބު ކުރަނީ ޕާޓީ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނެތް ދާއިރާތަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަކީ އެ މެމްބަރުންނެވެ.

ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވާ އިރު، ޕާޓީގެ ކޮންގްރެސް އޮންނާނީ ސެޕްޓެމްބަރު 15-18 އަށެވެ.