އައްޑޫ ހުޅުދޫގައި ބޭއްވުނު "ބީވާ މިކްސްޑް" ވޮލީ މުބާތާތަކީ ފަހުގެ ތާރީޚެއްގައި ހުޅުދޫގައި ބޭއްވުނު އެންމެ ފޯރިގަދަ އެއް ކުޅިވަރު ހަރާކާތެވެ.
އިންތިޒާމުތައް ފުރިހަމަ މި މުބާރާތަކީ އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ 2 ޖިންސްގެ ކުޅުންތެރިންނަށް ހުޅުވާލެވިގެން ބޭއްވުނު މުބާރާތެކެވެ. އެއްވަނަ އިނާމަކަށް 15000.00 ރުފިޔާ އަދި ދެވަނައަށްދާ ޓީމަކަށް 10000.00 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިގެން ބޭއްވުނު މިމުބާރާތުގެ މެއިން ސްޕޮންސަރަކީ އަހުމަދު ޒާހިދު (ވެރޮން) އެވެ. މުޅި މުބާރާތުގެ ހިންގާ ކޮމެޓީ އެކުލަވާލާފައިވަނީ ދެ ރަށުގެ ޒުވާނުންގެ މެދުގައި ހޮވާލެވުނު މެމްބަރުންގެ މައްޗަށެވެ.

މި މުބާރާތުން އެންމެ ފުރަތަމަ ފާހަގަކުރެވުނީ މުބާރާތަށް ކަޑައަޅާފައިވާ ސްލޯގަންއެވެ. މާނަފުން މި ސްލޯގަންގައި އިނގިރޭސި ބަހުން ލިޔެފައިވަނީ "އެއްބައެއް. އެއް ރަށެއް. އެއް ހުޅުދޫ" – މިހެންނެވެ. މުބާރާތުގެ އޮފިޝަލް ބެނަރ އަދި އެހެނިހެން ޕޯސްޓަރުތަކުން ބޮޑުކޮށް މިހެން ލިޔެފައި އޮތުމުން މުބާރާތުގެ ހަގީގީ މަގްސަދު އަދި މުބާރާތް އިންތިޒާމް ކުރާފަރާތުން ރަށުގެ އެއްބައިވަންތަ ކަމާއި އެކުވެރިކަން ދެމެހެއްޓުމަށްދޭ އަހައްމިއްޔަތުކަން ނުހަނު ސާފުވިއެވެ.
މީގެ އިތުރުން ކުޅެމުންދިޔަ ސަރަހައްދުގެ ވަށައިގެން ޖަހާފައިވާ ބިލްބޯޑްތަކުގައި ދުންފަތާއި ދެކޮޅަށް އަދި މަސްތުވާތަކެއްޗާއި ދެކޮޅަށް ޝިއާރުތައް ލިޔެފައި ހުއްޓެވެ. އެހެންކަމުން މުބާރާތުގެ މަގްސަދުތަކުގެ ތެރޭގައި ރަގަޅު އަމާޒުތައް ހުރިކަން ޔަގީންވިއެވެ.

މި ހުރިހާކަމަށްވުރެ ބޮޑަށް އަޅައިގަތީ މުބާރާތުގެ ނަމަކަށް "ބީވާ" މިބަސް ބޭނުންކުރެވުނު ގޮތާ އަދި މުބާރާތުގެ މަގުސަދާ ބެހޭގޮތުން ވެރޮން މުބާރާތުގެ ހިންގާކޮމެޓީއާ ހިއްސާކުރި ކުރު މެސެޖެކެވެ.
މުބާރާތުގެ ފައިނަލްމެޗް ކުޅެމުންދަނިކޮށް ވެރޮން ހިއްސާކުރި މެސެޖު
"މިރޭ ފެނިގެންދިޔައީ ވަރަށް ފުރިހަމަ، ވަރަށް ކާމިޔާބު އިވެންޓެއް. ސިޔާސީ ވާދަވެރިކަމާ، ދޭދޭ ފަރުދުންގެ މެދުގައި އުފެދޭޚިޔާލު ތަފާތުވުންތައް ގިނަވެ މުޖުތަމަޢު ބައިބައިވެ، ފިތުނަ އުފެދި، އަޅުގަނޑުމެންގެ މެދު އޮންނާންޖެހޭ އެކުވެރިކަމާ އެއްބައިވަންތަކަން އަދި އިޖުތިމާޢީ ގުޅުންވަނީ މިއަދުމި ވަނީ އަތުން ބީވެ ގޮސްފައ
ބީވާ މިކްސްޑް ވޮލީ ޗެލެންޖް – 2026 – އެއް ރަށެއް، އެއްބައެއް، އެއް ހުޅުދޫ – މި އެވެންޓްގެ އެންމެ ބޮޑުމަގުސަދަކީ އަތުން ބީވެގެން ގޮސްފައިވާ މިފަދަ ގުޅުންތައް އަބުރާ އިޔާދަކޮށް އާލާ ކުރުން. އިރާދަ ކުރެއްވިއްޔަ މި މުބާރާތް މީގެ ފަހުން ކޮންމެ އަހަރަކު އޮންނާނެ.

ޖުމްލަ 4 ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލް މެޗްގައި އޯޝަން ވޯރިއާސް އާއި ބައްދަލުރީ ކޯޓް ލެޖެންޑްސް އެވެ. ސީދާ 3 ސެޓުން މެޗް ކާމިޔާކޮށް މުބާރާތުގެ ޗެމްޕިއަންސްކަން ހޯދީ ކޯޓް ލެޖެންޑްސް އެވެ.
މި މުބާރާތުގެ ފައިނަލް މެޗް ޝަރަފުވެރި ކޮށްދެއްވީ އައްޑޫ ހުޅުދޫ ކައުންސިލްގެ ރައީސް ޖާދުﷲ ޖަމީލެވެ. އިތުރު ޝަރަފުވެރިންގެ ތެރޭގައި ހުޅުމީދޫ ވިލުނު ސެންޓަރު ހިންގެވުމާއި ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ޝުކުރީ އާއި ހުޅުމީދޫ ފުލުހުންގެ އިސްވެރިޔާ އާއި ސ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލްގެ އިތުރުން ހުޅުދީ އ.ތ.މ ކޮމެޓީ ރައީސާ ޝަޒީނާ އަލީ އާއި އެކު 2 ރަށުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން ފެނިގެންދިޔައެވެ.