Last Updated: July 10, 21:44
Friday, July 10, 2026
ޚަބަރު

ފުޑް ކާނިވަލްގެ ޓައިޓަލް ސްޕޮންސަރަކަށް ޝީޝާ

އަންނަ މަހު ބާއްވާ ތިންކްގެ "މޯލްޑިވްސް ފުޑް ކާނިވަލް" ގެ ޓައިޓަލް ސްޕޮންސަރަކަށް ޝީޝާ ހަމަޖައްސައިފި އެވެ.

މި ކާނިވަލް އޮންނާނީ އަންނަ މަހުގެ 15-18 އަށް ހުޅުމާލެ ސެންޓްރަލް ޕާކްގަ އެވެ.

އެގޮތުން މި އަހަރު ޝީޝާ މޯލްޑިވްސް ފުޑް ކާނިވަލްގެ ނަމުގައި ބާއްބާ މި އިވެންޓަކީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ވަރަށް ތަފާތު އިވެންޓެކެވެ. ތިންކް އިން ބާއްވާ މި އިވެންޓަކީ ރާއްޖެއިން ލިބެން ހުންނަ ކާބޯތަކެތީގެ ތަފާތު ބާވަތްތަކާއި އާ އުފެއްދުންތައް ދައްކާލުމަށް ބާއްވާ އިވެންޓެކެވެ.

ޝީޝާ އިން މި އިވެންޓު ތެރޭގައި ލަކީ ޑްރޯގެ ބޮޑު އިނާމެއްގެ ގޮތުގައި ސައިކަލެއް ދޭން ވަނީ ނިންމައިފަ އެވެ. އެ އިނާމުގެ ނަސީބުވެރިޔާ ހޮވާނީ ކާނިވަލް ނިންމައިލާ ދުވަހު އެވެ. ޝީޝާއިން ބޮޑު އިނާމެއްގެ ގޮތުގައި ދޭނީ ގިނަ ބައެއްގެ މެދުގައި މަގުބޫލު އެއާބްލޭޑް 125 ސްޕެޝަލް އެޑިޝަނެކެވެ.

ފުޑް ކާނިވަލްގައި ޝީޝާގެ ސްޓޯލެއް ވެސް ބަހައްޓަބް ނިންމާފައިވާ އިރު، އެތަނުގައި ތަފާތު ހަރަކާތްތައް ހިންގައި، އެ ކުންފުނިން ވިއްކާ އުފެއްދުންތަކާ މައުލޫމާތު ވެސް ފޯޯރުކޮށް ދޭނެ އެވެ.

ރާއްޖޭގައި ހޮންޑާ ސައިކަލް ވިއްކުމުގެ އޮތޮރައިޒް ކުންފުނި ކަމަށްވާ ޝީޝާ ނުވަތަ ހޮންޑާ މޯލްޑިވްސް އަކީ ރާއްޖޭގައި ބާއްވާ އެިކއެކި އިވެންޓްތަކުގައި އަބަދު ވެސް ހިއްސާވަމުން އަންނަ ކުންފުންޏެކެވެ.