Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

އެޗްއާރްސީއެމް ހިންގަން އިމާރާތެއް ހޯދަނީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ހިންގާނެ އޮފީސް އިމާރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އޮފީސް އިމާރާތެއް ބޭނުން ވަނީ 5 އަހަރުގެ މުއްދަތަށް ކަމަށެވެ.

މިނިސްޓްރީން ބުނީ މި ބީލަން ކުރިއަށް ގެންދާނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިން ކަމަށެވެ.

އެހެންވެ ކުއްޔަށް އިމާރާތެއް ދޫކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 16 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 96،000ރ. ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

ފިނޭންސް އިން ބުނީ މި ބީލަމާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މި މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އޮންލައިންކޮށް އޮންނާނެ ކަމަށެވެ.

ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 13 އާ ހަމައަށެވެ. ރަޖިސްޓްރީ ވާނީ މި މެއިލް [email protected] މެދުވެރިކޮށެވެ. އަދި ރަޖިސްޓްރޭޝަނަށް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް 500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.