މި ސަރުކާރުން އުފައްދައި ވާނުވާގައި އޮތް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ޗެއާޕާސަން އަރޫނީ ގޫނަތިލަކަ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނަ އިސްތިއުފާ ދެއްވިކަން ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކަށަވަރުކޮށް ދީފައިވެ އެވެ. ނަމަވެސް އަރޫނީ އިސްތިއުފާ އަރޫނީ ދިން ސަބަބެއް ހާމައެއް ނުކުރެ އެވެ.
ފައިނޭންޝަލް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަރުނީ އަކީ ހާވާޑް ލޯ ސްކޫލުން މާސްޓާ އޮފް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ސްރީ ލަންކާ އަށް ނިސްބަތްވާ އަރޫނީ ޑީބީއެމްގެ ޗެއާޕާސަނަކަށް އައްޔަންކުރީ 2024 ގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
އޭރު އެ ބޭންކްގެ ސީއީއޯގެ މަގާމަށް އައްޔަންކުރީ އިނގިރޭސިވިލާތަށް ނިސްބަތްވާ ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް އެވެ. އޭނަ ވަނީ އެ މަގާމުން މިދިޔަ އަހަރގެ މާޗްގައި އިސްތިއުފާ ދެއްވައިފަ އެވެ.

މި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދާ، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ޑީބީއެމް އުފެއްދީ ބޭންކު އުފެއްދީ މެއި 16، 2024 ގަ އެވެ.
ޑީބީއެމް ހުޅުވީ ނޮވެމްބަރު 16، 2024 ގަ އެވެ. އެ ބޭންކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ހުއްދަ ދިނީ އެ އަހަރުގެ އޮކްޓޯބަރު 13 ގަ އެވެ.