Last Updated: July 6, 00:30
Sunday, July 5, 2026
ޚަބަރު

ޖަޕާން ޓޫރިސްޓުން އިތުރު ކުރަން މަޝްވަރާކޮށްފި

ޖަޕާނުން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރުމާ ގުޅޭ މަޝްވަރާތަކެއްކޮށްފި އެވެ.

މި މަޝްވަރާކޮށްފައި ވަނީ ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާފައިވާ ސަފީރު އަހުމަދު މަހްލޫފާއި ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވެލްސް އޭޖެންޓް ސް (ޖާޓާ) އާ ދެމެދު އެވެ. އެ ޖަމިއްޔާގެ ފަރާތުން މަޝްވަރާގައި އިސްކޮށް ބައިވެރިވެވަޑައިގަތީ ޖާޓާގެ ރައީސް ކުނިހަރު އެބިނާއާ އެވެ.

އެގޮތުން ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި ޓޫރިޒަމް ދާއިރާ އިން ގެ އިތުރަށް ހަރުދަނާ ކުރުމަށް ވެސް މަޝްވަރާކޮށްފައިވާ ކަމާށް މަޙްލޫފް ވިދާޅުވި އެވެ.

އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ޖަޕާނުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުމަށާއި ޖަޕާނު މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުން އިތުރަށް ފުޅާކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ޖަޕާނުގެ ޓްރެވެލް އޭޖެންޓުންނާއި ރާއްޖޭގެ ޓްރެވެލް އޭޖެންޓުންނާއި އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް ވެސް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި ދެ ގައުމުގެ ދެމެދުގައި ޓޫރިޒަމް ދައިރާއިން އިތުރަށް ގުޅުން ބަދަހިވާނެކަމުގެ އުންމީދު ވެސް ބޮޑެވެ.

ޖަޕާންގައި ހުންނަ ރާއްޖޭގެ އެމްބަސީން މިހާރު އަންނަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭ ގޮތުން ޖަޕާންގެ ވިޔަފާވެރިންނަށް ހާއްސަކޮށްގެން މި މަހުގެ 23 ގައި ވެބިނާއެއް ވެސް ބާއްވަން ތައްޔާރުވަމުންނެވެ.