Last Updated: July 6, 00:30
Sunday, July 5, 2026
މުނިފޫހިފިލުވުން

މެޑޯނާގެ 15 ވަނަ އަލްބަމް ނެރެފި

އެމެރިކާގެ މަޝްހޫރު ޕޮޕް ރާނީ، މެޑޯނާގެ އާ އަލްބަމެއް ނެރެފި އެވެ.

އުމުރުން މިހާރު 67 އަހަރުގެ ފަންނާނުގެ އާ އަލްބަމަކީ މި މަހުގެ 3 ގައި ނެރުނު 'ކޮންފެޝަންސް 2' އެވެ.

ވޯނާ ބްރޮސް ރެކޯޑްސްގެ ތައްގަނޑުގައި ނެރުނު އަލްބަމްގައި ޖުމްލަ 17 ލަވަ ހިމެނެ އެވެ. 'ކޮންފެޝަންސް 2' ގެ ޓްރެކް ލިސްޓްގައި ހިމެނޭ ލަވަތަކަކީ ފީލް ސޯ ފްރީ، ގުޑް ފޯ ދަ ސޯލް، ވަން ސްޓެޕް އަވޭ، ބްރިންގް ޔޫ ލަވް، ޑާންސެޓީރިއާ، ރީޑް މައި ލިޕްސް، އިވްރީތިން، ލަވް ސެންސޭޝަން، ލަވް ވިތައުޓް ވޯޑްސް، ބިޒާރް، ސްކޫލް، ފްރެޖައިލް، މައި ސިންސް އާ މައި ސޭވިއާ، ބެޓްރޭޔަލް، ދަ ޓެސްޓް، އެލްއީސް ގާލް އަދި ހޮޓް ސޯސް އެވެ.

'ކޮންފެޝަންސް 2' އަކީ މެޑޯނާގެ 10 ވަނަ އަލްބަމްގެ ގޮތުގައި 2005 ގައި ނެރުނު 'ކޮންފެޝަންސް އޮން އަަ ޑާންސް ފްލޯ' ގެ ސީކްއެލްއެއްގެ ގޮތުގައި ނެރުނު އަލްބަމެކެވެ. އަދި މިއީ އޭނަގެ 15 ވަނަ އަލްބަމެވެ.

މަގުބޫލު އެތައް ލަވަތަކެއް ކިޔާފައިވާ މެޑޯނާ އެންމެ ފަހުން ނެރުނު އަލްބަމަކީ 2019 ގެ 'މެޑަމް އެކްސް' އެވެ. އޭނަގެ ކެރިއަރުގެ ފުރަތަމަ އަލްބަމަކީ 1983 ގެ 'މެޑޯނާ' އެވެ.