Last Updated: July 6, 00:30
Sunday, July 5, 2026
ޚަބަރު

އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރުގައި

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ކޮންގްރެސް މި އަހަރުގެ ސެޕްޓެމްބަރުގައި ބާއްވަން އަމާޒު ހިފައިފި އެވެ.

އެ ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކޮންގްރެސް ބާއްވަން ކަމަށެވެ. ނަމަވެސް ކޮންގްރެސް ބާއްވާނެ ސީދާ ތާރީހެއް ވިދާޅެއް ނުވެ އެވެ.

އެމްޑީޕީގެ ކޮންގްރެސް އެންމެ ފަހުން ބޭއްވީ 2022 ގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

އެ ޕާޓީގެ މި އަހަރުގެ ކޮންގްރެސް ސެޕްޓެމްބަރުގައި ބާއްވަން މަސައްކަތް ކުރަމުން އަންނަ އިރު، ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ކޮންގްރެސް އޮކްޓޯބަރުގައި ބާއްވަން ކުރިން ނިންމުމަށް ފަހު، މިހާރު ނިންމާފައި އޮތީ ސެޕްޓެމްބަރުގައި ބޭއްވުމަށެވެ. އެއީ ސެޕްޓެމްބަރު 15-18 އަށެވެ.