ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންވެ އަދަދު މިހާރު 72 އަށް އަރައިފި އެވެ.
މިކަމާ ގުޅޭ ގޮތުން ޑރ. އަހުމަދު ފައިސަލް ވިދާޅުވީ، ބަލި ފެތުރެން މެދުވެރިވާ މައިގަނޑު ސަބަބަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރުން ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި ހިމަބިހީގެ 70 އަށް ވުރެ މައްޗަށް އިރު، އޭގެ ތެރެއިން ހަތަރު ކުޑަކުދިން ފިޔަވައި ދެން ތިބި އެންމެންނަކީ ޒުވާން އުމުރުގެ މީހުންނެވެ.
އަދި ވަކިން ޚާއްސަކޮށް 15–35 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން ވެކްސިންގެ ދެ ޑޯޒް ހަމަކުރުމަށް ޑޮކްޓަރު ވަނީ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
މިއޮތް ރަތްކުލައިގެ ބައި އެއީ ހިމަބިހި ޖެހުމުގެ ފުރުސަތު އޮތް އާބާދީ
ހިމަބިހި އެތެރެވީމާ ފެތުރެނީ މިހެންވެ
އެއީ 2 ޑޯޒް ހަމަނުވާ ފަރާތްތައް
ހިމަބިހީގެ 72 ކޭހަށްވެރެ ގިނައިން ފެނުނުއިރު ، 4 👶 ފިޔަވާ ދެންމުޅިންވެސް ތިބީ މި ޢުމުރުގެ މީހުން15-35 ޢުމުރުގެ މީހުން 2 ޑޯޒް ހަމަކޮށްލާ! pic.twitter.com/Ybl8nxHA2C
— Ahmed Faisal (@Faisalnaifaru) July 4, 2026
މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ހިމަބިހި އެންމެ ގަދަޔަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ މިހާރު ހިމެނެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުންނެވެ. މިހާތަނަށް ޖުމްލަ 543 ކޮންޓެކްޓުން ފާހަގަކުރެވިފައިވާއިރު، އޭގެ ތެރެއިން 173 ކޮންޓެކްޓުން މިހާރުވެސް ދަނީ މޮނިޓާ ކުރެވެމުންނެވެ.
ހިމަބިހި ފެތުރޭތީ މުޅި ރާއްޖޭގައި މިހާރު އަންނަނީ އެމްއާރް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ވެސް ހިންގަމުންނެވެ.