ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމް މި މަހު ބާއްވަން ނިންމައިފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ މިނިސްޓްރީ އެތަނާއި ވޯލްޑް ގްރީން އިކޮނޮމީ އޯގަނައިޒޭޝަންގެ އިތުރުން އޭއޯއެސްއައިއެސް ގުޅިގެން ބާއްވާ ފޯރަމް އޮންނާނީ މި މަހުގެ 29 އާއި 30 ގައި ކަމަށެވެ. ފޯރަމް ބާއްވާނީ ނިވާ ކުރުނބާގަ އެވެ.
މި ފޯރަމްގެ މައިގަނޑު މަގުސަދަކީ އޭޝިއާ-ޕެސިފިކް ސަރަހައްދަށް ދެމެހެއްޓެނިވި އަދި ތަހައްމަލުކު ރެވޭނެ މުސްތަގުބަލެއް ބިނާކުރުމަށްޓަކައި ބޭނުންވާ މުހިންމު އިސްތިރާޖީތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، އެކަމަށް މަގުފަހިކުރުމެވެ.
ފޯރަމްގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ރަޖިސްޓްރީ ކުރެއްވުމަށާއި އިތުރު މައުލޫމާތު ހޯއްދެވުމަށް، ތިރީގައިވާ ކިއުއާރް ކޯޑް ސްކޭން ކުރައްވާ ނުވަތަ ދެވިފައިވާ ލިންކަށް