Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

މާލޭ ގެއެއްގައި އަލިފާން ރޯވެއްޖެ

މާލޭ ގެއެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ގ. ފުންފަޅު ގޭގެ ފަސްވަނަ ފަންގިފިލާގައި އަލިފާން ރޯވެގެން، ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. މި ޙާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 22:49 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ފުލުހުން ބުނިގޮތުގައި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ.

މި ހާދިސާއާ ގުޅިގެން ބަޔަކު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހާދިސާއާ ގުޅިގެންނާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތުން ނެރުނު އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުންނާއި ކަމާގުޅޭ މުއައްސަސާތަކުން ދަނީ ކުރަމުންނެވެ.