ބްރެޒިލްގެ ގައުމީ ޓީމުގެ ތަރި ނޭމާ، ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާނުކޮށްފި އެވެ.
ނޭމާ މިކަން އިއުލާންކުރީ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ރޭ ނޯވޭ އަތުން 2-1 އިން ބަލިވެ، ބްރެޒިލް މުބާރާތުން ކެޓި މެޗަށްފަހު އެވެ. މި މެޗުގައި ބްރެޒިލް ޓީމުން ޖެހި ހަމައެކަނި ގޯލު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވެސް ނޭމާ އެވެ.
މިއީ ނޯވޭއިން ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ 1990 ވަނަ އަހަރަށް ފަހު ބްރެޒިލް މުބާރާތުގެ ކުއާޓާފައިނަލަށް ނުގޮސް ކެޓި ފުރަތަމަ ފަހަރެވެ.
މި މެޗަށްފަހު ވާހަކަދައްކަމުން ނޭމާ ބުނީ ގައުމީ ޓީމުގައި ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށާއި ބްރެޒިލް ގައުމީ ޓީމަށް ފުރަތަމަ މެޗެއް ކުޅުނު މެޓްލައިފް ސްޓޭޑިއަމްގައި އެންމެ ފަހު މެޗު ކުޅެ، ގައުމީ ޓީމު ގެ ކެރިއަރު މިހާ ހިސާބުން ނިމުނީ ކަމަށެވެ.
"އަހަރެން ފެށީވެސް މިތަނުން، ނިންމާލާނީ ވެސް މިތަނުން،" ނޭމާ ބުންޏެވެ.
ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތް ނޭމާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު ވަނީ 130 މެޗުން 80 ގޯލު ވަނީ ޖަހައިފަ އެވެ.