Last Updated: July 10, 21:44
Friday, July 10, 2026
ޚަބަރު

އިތުރު 24 ރަށެއްގައި އިޢާދަކުރަނިވި ހަކަތަ އުފައްދަނީ

އިތުރު 24 ރަށެއްގައި 50 މެގަވޮޓްގެ އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށް ތައްޔާރުވެއްޖެ އެވެ.

މިއީ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ކުރިއަށް ގެންދާ އެސްޕަޔަ އާއި އެރައިޒް މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މިނިސްޓްރީން ބުނީ މި ބިޔަ މަޝްރޫޢަކީ ރާއްޖޭގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެއް ކަމަށެވެ. އެހެންވެ މީގެ ސަބަބުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހަކަތަ އުފެއްދުމަށް ކުރާ ޚަރަދު ކުޑަވެ، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުވުމަށް ބޮޑު ބާރަކަށްވެގެން ދާނެ ކަމަށް ބުންޏެވެ.

ސަރުކާރުގެ އަމާޒަކީ 2028 ގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 ޕަސެންޓަކީ އިޢާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ.

އެގޮތުން ފަށާ މަޝްރޫޢުގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ރަށްތަކުގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ޤާއިމުކުރާނެ އެވެ. މީގެ ސަބަބުން ރާއްޖެއަށް ބޭރުން އެތެރެކުރާ ތެލަށް ކުރާ ބޮޑު ހޭދަ ސަލާމަތް ކުރެވި، އިޤްތިޞާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.