Last Updated: July 6, 21:47
Monday, July 6, 2026
ދުނިޔެ

އެންމެ އާދަޔާހިލާފު ހަދިޔާ އަކީ ދެ ކަރާ

ގައުމެއްގެ ވެރިއެއްގެ ފަރާތުން މިހާތަނަށް ހަދިޔާއެއްގެ ގޮތުގައި ލިބިވަޑައިގަތް އެންމެ ހައިރާންކުރުވަނިވި އަދި އާދަޔާހިލާފު ހަދިޔާ އަކީ ޖަޕާންގެ މިހާރުގެ ބޮޑުވަޒީރު ސަނައީ ޓަކައިޗީގެ ފަރާތުން ލިބިވވަޑައިގަޔް ކަރާތަކެއް ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބެނީސް ވިދާޅުވެއްޖެ އެވެ.

އޭނަ އެކަން ހިއްސާކުރެއްވީ އޮސްޓްރޭލިއާގެ މަޝްހޫރު ކޮމީޑިއަން ނިކީ އޮސްބޯންގެ ޕޮޑްކާސްޓް ޝޯ "ބުޝް ޑީޕް" ގަ އެވެ. ޖަޕާންގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ފަރާތުން ހަދިޔާއަކަށް ކަރާތަކެއް ލިބިވަޑައިގަތް ކަމަށް ބޮޑުވަޒީރު ވިދާޅުވީ އެފަދަ ހަދިޔާ އަކީ ކޮބައިތޯ ސުވާލު ކުރުމުންނެވެ.

"އެ ހަދިޔާ އަކީ ޓަކައިޗީގެ ފަރާތުން ލިިބިވަޑައިތް ދެ ކަރާ. އޭނަ އަހަންނާ ބައްދަލު ކުރައްވަން ވަޑައިގެންނެވި އިރު، ދެ ކަރާ ހިއްޕަވައިގެން ވަޑައިގަތީ،" އަލްބެނީސް ވިދާޅުވި އެވެ. "އެކަންވީ އަސްލު ތަންކޮޅެއް އާދަޔާހިލާފު ކަމަކަށް. އެކަމަކު އަސްލު އެއީ ހަމަ ވަރަށް ރަނގަޅު ހަދިޔާއެއް ކަމަށް އަހަރެން ގަބޫލު ކުރަނީ."

އޭނަ އަދި ސަމާސާއަކަށް ހައްދަވާފައި ވިދާޅުވީ ޓަކައިޗީ ވަޑައިގެންނެވި އިރު ވައްތަރީ އެމެރިކާގެ ކުރީގެ މަޝްހޫރު ސިލްސިލާ ބޭވޮޗްގެ ބަތަލާ ޕަމޭލާ އެންޑަސަންއާ ކަމަށެވެ.

ބުޝް ޑީޕް ޕޮޑްކާސްޓްގައި ކައިވެނި ކުރައްވަން ނުވަތަ ޑޭޓްކުރައްވަން ފުރުސަތު ލިބިވަޑައިގެންފި ނަމަ އޮސްޓްރޭލިއާގެ މަޝްހޫރު ލަލަވަކިޔުންތެރިޔާ ކައިލީ މިނޯގް އާއި ފަންނާނު ރޮންޑާ ބާޗްމޯގެ ތެރެއިން އިހުތިޔާރު ކުރައްވާނީ ކާކުތޯ ސުވާލު ކުރެއްވުމުން އަލްބެނީސް ވިދާޅުވީ އެއީ އެކަމާ އެއްވެސް ސުވާލެއް ނެތް ކަމަށާއި އެއީ ސީދާ ކައިލީ ކަމަށެވެ. އަދި އޭނަ އަކީ ވަރަށް ވެސް ފުރިހަމަ އަންހެނެއް ކަމަށް ވިދާޅުވި އެވެ. އެކަމަކު ކައިވެންޏަށް އަދިވީ އެންމެ ހައެއްކަ މަސްކަން ހަނދާނުގައި އެބަހުންނެވި ކަމަށް ވެސް ވިދާޅުވި އެވެ.

އަލްބެނީސް، 62، އާއި ލޯބިވެރިޔާ ޖޯޑީ ހޭޑަން، 47، ކައިވެނި ބައްލަވައިގަތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ. މިއީ ބޮޑުވަޒީރުގެ ދެވަނަ ކައިވެންޏެވެ.

ޕޮޑްކާސްޓްކައި ކައިލީއާ ގުޅޭ ގޮތުން އަލްބެނީސް ދެއްކެވި ވާހަކަތަކާ ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވުމުން އޭނަ އިއްޔެ ވަނީ އެކަމަށް މައާފަށް އެދިވަޑައިގެންނެވެ. ވަރަށް ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި އަލްބެނީސް ދެއްކެވީ ބޮޑުވަޒީރުގެ މަގާމުގައި ހުންނަވައިގެން ދައްކަވަން ޖެހިވަޑައިނުގަންނަވާ ކަހަލަ ވާހަކަތެކެވެ. އަދި އެއީ މަގާމަށް ހުތުރު އެރުވުމުގެ އިތުރަށް އަންހެނުންނަށް ކުޑައިމީސްކުރުން ކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެ އެވެ.