Last Updated: July 10, 21:44
Friday, July 10, 2026
ޚަބަރު

ޑާޒަލެކްސްގެ ފޭކް އިންޖެކްޝަންތަކެއް، އިންޒާރެއް

ރާއްޖޭގައި ޑާޒަލެކްސްގެ ފޭކް އިންޖެޝަންތަކެއް ހުރިކަން ފާހަގަވެ ޑަބްލިއުއެޗުއޯއިން އިންޒާރެއް ނެރެފި އެވެ.

ޑާޒަލެކްސްއަކީ ލޭގެ ބަލިތަކާއި ބޯންމެރޯއަށް އަސަރުކުރާ ކެންސަރު ފަދަ ބަލިތަކަށް ހާއްސަ ބޭހެކެވެ.

ޑަބްލިއުއެޗުއޯ އިން ބުނީ އޭގެ ފޭކް އިންޖެކްޝަންފެ ބެޗްތަކެއް ރާއްޖެ އާއި މެކްސިކޯގައި ބެޗެއް ހުރިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންވެ އެކަން ސަމާލު ކަމަށް ގެނެސްދިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނީ ފޭކް ބެޗުތަކަކީ ޑިސްޓްރިބިއުޓް ކުރުމުގެ ހުއްދަ ނެތް ބަޔަކު އެތެރެކޮށްގެން ވިއްކަމުންދާ ތަކެތި ކަމަށެވެ. އަދި އެއީ އުފެއްދި ތަނާއި ގެނައި ތަން ގަސްތުގައި އޮޅުވާލާފައި ހުރި ތަކެތި ކަމަށް ވެސް ބުންޏެވެ.

ބެޗު ނަންބަރު MYS7381 އަދި STV1K01 ހިމެނޭ އިންޖެކްޝަންތަކަކީ ފޭކްތަކެއް ކަމަށް އިންޖެކްޝަން އުފައްދާ އަސްލު ކުންފުނި ޖޭންސެނުން ބުނެފައިވޭ އަދި STV1K01 ބެޗު ރާއްޖޭން ފެނިފައިވާކަމުގެ މައުލޫމާތު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވެ އެވެ.

އެ ޖަމިއްޔާ އިން ބުނީ އެ ދެ ބެޗުގެ އިންޖެކްޝަންތަކުގެ ލެބް ޓެސްޓްތައް ހަދާފައިނުވާތީ އޭގެ އަސަރުތައް ދެނެގަނެވިފައި ނުވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ހަށިގަނޑަށް ގެއްލުން ލިބޭ މާއްދާތަކެއް ހުރެދާނެކަމުގެ ބިރުވެރިކަން އޮތް ކަމަށެވެ. އަދި ރާއްޖެ އިން ފެނިފައިވާ ބެޗުގެ އިންޖެކްޝަންތައް ބޭނުންކުރުމުގެ ސަބަބުން އިންފެކްޝަން އުފެއްދުމާއި މީހާ ބަލިކޮށްލުން ފަދަ އަމާލާތްތަކެއް ފެނިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.