އައްޑޫ ސިޓީން ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ބިންތަކަށް އިންވެސްޓްކުރާ ފަރާތްތަކަށް ލުއި ދިނުމުގެ އުޞޫލު މިއަދު އާންމުކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ "ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާ ބިންތަކަށް އިންވެސްޓްކުރާ ފަރާތްތަކަށް ލުއި ދިނުމުގެ އުޞޫލު" އަށް މިއަދުން ފެށިގެން އަމަލު ވެސް ކުރަން ފަށާފައިވާ ކަމަށެވެ.
ޓޫރިޒަމްގެ ބޭނުމަށް އައްޑޫ ސިޓީން ދޫކުރާ ބިންތަކަށް އިންވެސްޓްކުރާ ފަރާތްތަކަށް ލުއި ދިނުމުގެ އުސޫލު އާންމުކޮށް، އަމަކު ކުރަން ފެށި އިރު، އައްޑޫގެ އަވަށްތަކުން ޓޫރިޒަމް ޒޯންތަކެއް ކަނޑައަޅައި ގިނަ ބިންތަކެއް އެކި ފަރާތްތަކަށް ކުއްޔަށް ދީފައިވެ އެވެ.
މީގެ ތެރެއިން ބައެއް ބިންތަކުގައި އަންނަނީ ޓޫރިސްޓް ފެސިލިޓީތައް ގާއިމު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ނަމަވެސް އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ދޫކުރި އެއްވެސް ބިމެއްގައި ގާއިމުކުރި ފެސިލިޓީއެއްގެ އޮޕަރޭޝަން އަދި މިހާތަނަށް ރަސްމީކޮށް ފަށައިފައެއް ނުވެ އެވެ.